އެލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސް އިން ޑައިރެކްޓް މެސެޖްސް (ޑީއެމް) ފީޗާ ހުއްޓާލަން ނިންމާފައިވާ ކަމަށް ސޮފްޓްވެއާ އިންޖިނިއަރަކު ބުނެފި އެވެ.
އެކްސްގައި 24.8 ހާހަށްވުރެ ގިނަ ފޮލޯވަރުން ތިބި ސޮފްޓްވެއާ އިންޖިނިއަރު ޒެކް ވަރުނެކް ލިޔެފައި ވަނީ "މުޅި ޑީއެމް ވަރަށް އަވަހަށް ނެތިގެން ދާނެ" ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ބުނަމުން ދަނީ ޑީއެމްގެ ބަދަލުގައި "އެކްސްޗެޓް" ގެ ނަމުގައި އާ ފީޗާއެއް ގެންނާނެ ކަމަށެވެ.
No, not like request messages but like the whole entire DM’s will be gone soon
— Zach Warunek (@ZachWarunek) April 16, 2025
އެކްސް އިން ރަސްމީކޮށް މިކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ޑީއެމްގެ ބަދަލުގައި ޗެޓް އިންޓަފޭސް އެއް ހަދަން އުޅޭ ކަމަށް އަޑުފެތުރިފައިވާ "އެކްސްޗެޓް" ގެ ސްކްރީންޝޮޓްތަކެއް މީހަކު ވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް އެކްސްގެ އޭއައި ބޮޓް ގްރޯކް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
BREAKING: Let’s take a look at X’s upcoming messenger "XChat"! pic.twitter.com/h0rySubehy
— Nima Owji (@nima_owji) April 9, 2025
އެކްސް އިން ޑައިރެކްޓް މެސެޖްތައް ނައްތާލައި އޭގެ ބަދަލުގައި "އެކްސްޗެޓް" ޖަހާފައިވާ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި، އެކްސްގެ ރަސްމީ އެއްވެސް އިއުލާނަކުން މި ބަދަލު ކަށަވަރު ނުވާ ކަމަށާއި އަދިވެސް ޑީއެމް ބޭނުން ކުރަމުން އަންނަ ކަމަށް އެ ބުނެފައި ވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަސްކް ވިސްނަނީ އެކްސް އަކީ މީޑިއާ ޝެއާކުރުމާއި، ޒަމާނީ އޭއައި ފީޗާތަކާއި ޕޭމަންޓް ކެޕޭސިޓީ ހިމެނޭ ގޮތަށް އެސްއޯ "އެވްރީތިން އެޕެއް" އަކަށް ބަދަލުކުރުމަށެވެ.




