ގިވްއަވޭގައި ބައިވެރިވެގެން ޝެންހާއީގެ ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް 25 އަހަރު ފުރުމާ ގުޅިގެން އައިލެންޑް އޭވިއޭޝަން އިން ބޮޑެތި އިނާމުތަކެއް ލިބޭ ގިވްއަވޭ އެއް ހުޅުވާލައިފިއެވެ.

މި މަހުގެ 25 ވަނަ ދުވަހުގެ ނިއަލަށް މޯލްޑިވިއަންގެ ފޭސްބުކް އާއި، ޓުވިޓާ އަދި އިންސްޓަގްރާމް ޕޭޖު ފޮލޯކުރުމަށްފަހު ގިވްއަވޭ ޕޯސްޓަށް 3 ރަށްޓެހިން ޓެގުކޮށް "Maldivian25Years#" ހޭޝްޓެގު ކޮމެންޓު ކޮށްގެން ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި ގިވްއަވޭގައި ވަނީ ނަސީބުވެރި 5 ފަރާތެއް ހޮވުމަށް ކަނޑައަޅާފައެވެ.

1 ވަނަ ނަސީބުނެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2 މީހަކަށް ޝެންހާއި ޑިޒްނީލޭންޑުގެ ދަތުރެކެވެ.

2 ވަނަ ނަސީބުނެރި ފަރާތަކަށް އިނާމަކަށް ހުށަހަޅާފައިވަނީ ޗައިނާގެ ދެކޮޅު ޓިކެޓެވެ.

3 ވަނަ ނަސީބުނެރި ފަރާތަކަށް އިނާމަކަށް ކަނޑައަޅާފައިވަނީ މި މަހުގެ 27 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދު މެލޭޝިއާ އަށް މޯލްޑިވިއަން އިން ކުރާ ހާއްސަ ދަތުރުގެ ދެކޮޅު ޓިކެޓެވެ.

4 ވަނަ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އިންޑިއާގެ ކޮޗިން ނުވަތް ޗެންނާއީގެ ދެކޮޅު ޓިކެޓެވެ.

5 ވަނަ ނަސީބުވެރި ފަރާތަކަށް އިނާމަކަށް ކަނޑައަޅާފައިވަނީ ރާއްޖޭގެ އެތެރޭގެ ބޭނުން މަންޒިލަކަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓެވެ.

ގިވްއަވޭ ޕޯސްޓު އެ ކުންފުނީގެ ފޭސްބުކް ޕޭޖާއި، އެކްސް (ޓުވިޓާ) އަދި އިންސްޓަގްރާމް ޕޭޖުގައި ވަނީ ހިއްސާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *