މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ، މާފަންނުގައި ހުންނަ ކެފޭއެއްގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ހިނގި މާރާމާރީއެއްގެ މައްސަލަ މިއަދު 15:28 އެހާކަންހާ އިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އަދި އޭނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.




