އެމެރިކާ ސަރުކާރުން ހާވަރޑް ޔުނިވަރސިޓީއަށް ދެމުންއައި އެހީ ކަނޑާލުމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދަޢުވާ އުފުލައިފިއެވެ.
ހާވަރޑް ޔުނިވާސިޓީއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޔުނިވަރސިޓީތައް ކަމުގައިވާ އައިވީ ލީގްގައި ހިމެނޭ 8 ޔުނިވަރސިޓީގެ ތެރެއިން އެންމެ އިސް ޔުނިވާސިޓީއެވެ.
ހާވަރޑް ޔުނިވާސިޓީ އާއި ދެކޮޅަށް ފިޔަވަޅުއަޅައި އެމެރިކާ ސަރުކާރުން އެ ޔުނިވާސިޓީއަށް ދެމުންއައި ބަޖެޓް ކަނޑާލާފައިވަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ އަމުރުތަކަށް ތަބާވުމަށް އެ ޔުނިވަރސިޓީން ދެކޮޅު ހެދުމާ ގުޅިގެންނެވެ.
އެމެރިކާގެ ރައީސް ބޭނުންފުޅުވީ އެ ޔުނިޗާސީޓީން ދޮން ނަސްލުގެ މީހުންނަށް އިސްކަން ދިނުމަށާއި، ޔަހޫދިންނާ ދެކޮޅަށް އެ ޔުނިވާސިޓީގެ ދަރިވަރުން ހިޔާލުފާޅުކުރުން ހުއްޓުވައި، ހިންގުމުގައިވެސް ޓްރަމްޕް ބޭނުންވާ ފަރާތްތަކަށް ބާރުތައް ދީ ޔުނިވަރސިޓީގެ ހިންގުމަށް ބާރާއި ނުފޫޒު ފޯރުވުމަށެވެ. ނަމަވެސް އެ ޔުނިވާސިޓީން ހިފަހައްޓަމުން އައި އަސާސްތައް މުގުރާނުލާނެކަން އެންގުމުން ޓްރަމްޕް ވަނީ އެ ޔުނިވަރސިޓީއަށް ކޮންމެ އަހަރަކު ސަރުކާރުން ފޯރުކޮށްދެމުންދާ އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރެއްގެ އެހީ ކަނޑައިލުމަށް އަމުރު ކުރައްވާފައެވެ.
އަދި، ޓެކުސްތަކުން އިސްތިސްނާވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލާނެ ކަމަށާއި އެމެރިކާ ނޫން ގައުމުތަކުގެ ފަރާތްތަކަށް އެ ޔުނިވާސިޓީގައި ކިޔެވުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ހުއްޓުމެއް ގެންނަވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ކުރައްވާފައެވެ. މީގެ އިތުރުން، ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް އެ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތުން މަޙްރޫމު ކުރުވާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޓްރަމްޕްގެ ސަރުކާރުން ބުނެފައި ވަނީ، ހާވަރޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވަނީ، އެ ޔުނިވަރސިޓީގެ ދަރިވަރުން ޔަހޫދީންނާ ދެކޮޅަށް ޚިޔާލުތައް ފާޅު ކުރުން ހުއްޓުވުމަށް އެ ޔުނިވަރސިޓީން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ ކަމަށެވެ.




