Advertisement
BML Home 2nd Ad

ދުޢާކުރުމަށްޓަކައި ވަކިން ސަޖިދަކުރުން

ސަޖިދަކޮށްގެން ﷲ ސުބްޙާނަހޫ ވަތަޢާލާއާ ކުއްތަންވުން ޝަރްޢުގައި އައިސްފައިވަނީ ނަމާދުގައްޔާއި ޚާއްޞަ ސަބަބަކާ ވިދިގެން ކުރުމަށް ވާރިދުވެފައިވާ ސަޖިދަ، މިސާލަކަށް ކުށު ސަޖިދަ، ތިލާވަތުގެ ސަޖިދަ ނުވަތަ ޝުކުރުގެ ސަޖިދައިގައެވެ.

Advertisement
Etukuri Inside ad 300x300 Desktop

ދުޢާކުރުމަށްޓަކައި ވަކި މުސްތަޤިއްލު ސަޖިދައެއްކުރުން ހުއްދަކަމުގެ މައްޗަށް ޝަރީޢަތުގައި އެއްވެސް ދަލީލެއް އައިސްފައިނުވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އައިސްފައިވާ މުތަވާތިރު ގިނަ ޙަދީޘްތަކަށް ބަލާއިރު، އެކަލޭގެފާނު ދުޢާކުރައްވާނަމަ ދެއަތްޕުޅު އުފުއްލަވާ ދުޢާކުރައްވާ ކަމުގައި ޘާބިތުވެފައިވެއެވެ. އަދި އެކަމަށް ބާރުއަޅުއްވާފައިވެއެވެ.

ސަލްމާނު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا – ، رواه أبو داود ( 1488 ) وصححه الشيخ الألباني في “صحيح أبي داود” (1320) .

“ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބު، މާތް މަތިވެރި އިލާހީ، ލަދުވެތިވެވޮޑިގަންނަވާ، ދީލަތިވަންތަ އިލާހެވެ. އެއިލާހުގެ އަޅާގެ ދެއަތް އެއިލާހުގެ ޙަޟްރަތަށް އުފުލައިފި ނަމަ ހުސްއަތާ އެދެއަތް ރައްދުކުރެއްވުމަށް އެއިލާހުގެ އަޅާގެ ކިބައިން އެއިލާހު ލަދުވެތިވެވޮޑިގަންނަވައެވެ.”

އެހެންކަމުން ދުޢާކުރުމަށްޓަކައި ވަކި ސަޖިދަކުރުމަކީ ބިދުޢައެކެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގޮތަށް ޢަމަލުކުރައްވާފައިނުވެއެވެ. އަދި އެކަމުގެ ސަބަބުން ދުޢާކުރުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރުއަޅުއްވާފައިވާ އެކަލޭގެފާނުގެ ސުންނަތް ކަމުގައިވާ ދެއަތް އުފުލުމުގެ ސުންނަތް ނަގައިލެވުނީއެވެ.

މިގޮތަށް ކުރެވޭ ވަކި ސަޖިދައާ ބެހޭގޮތުން ޢިލްމުވެރިން ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި އެބޭކަލުން އެކަމަށް އިންކާރު ކުރައްވާފައިވެއެވެ. މިގޮތުން أبو شامة ރަޙިމަހުﷲ އޭނާގެ ފޮތް الباعث على إنكار البدع والحوادث ގައި އެކަމަށް އިންކާރު ކުރައްވާފައިވެއެވެ

تتمة الإبانة في الفقه الشافعي ގައި عبدالرحمن بن مأمون المتولي ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “ނަމާދުކޮށް ނިންމާފައި، ދުޢާ ކުރުމަށްޓަކައި ސަޖިދަކުރުން ބައެއް މީހުންގެ އާދައަކަށް ވެފައިވެއެވެ. އެއީ އެއަށް އެއްވެސް އަޞްލެއް(ދަލީލެއް) އޮތް ސަޖިދައެއް ނޫނެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އެކަން އެގޮތަށް ކުރެއްވިކަމަށް ނަޤުލުވެފައިނުވެއެވެ. ޞަޙާބީންގެ ކިބައިންވެސް މެއެވެ.”

އަލްފަޤީހު އަބޫ މުޙައްމަދު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެއްވެސް ސަބަބަކާ ނުލައި ކުރާ އެކަހެރި ސަޖިދައަކުން، ﷲ ތަޢާލާއަށް ކުއްތަންވުމަކީ ޝަރީޢަތުގައި އައިސްފައިވާ ކަމެއް ނޫނެވެ.”

މަރްޖިޢު

https://islamqa.info/ar/answers/116874

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add