ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯއަޑު އިވޭތީ ފުލުހުން ދިޔަ އިރު ހަބަރު ހުސްވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، ހުޅުމާލެ ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯއަޑު އިވޭ ކަމަށް މިއަދު ހެނދުނު 6:05 އެހާކަން ހާ އިރު ފުލުހުނުންނަށް ލިބުނު ރިޕޮޓަކާ ގުޅިގެން ފުލުހުނަ އެޓެންޑްވެ ގަދަކަމުން ދޮރު ހުޅުވައި ބެލި އިރު ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށެވެ.
އެއީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި، ފުލުހުންނަށް އެ ރިޕޯޓު ކޮށްފައި ވަނީ އޭނާގެ އާއިލާ އިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ އަންހެން މީހާ ހަބަރު ހުސްވެފައި އޮތް ކޮޓަރީގައި އެވަގުތު އިތުރުމީހެއް ނެތް ކަމަށާއި، ނަމަވެސް އެވަގުތު އެ އެޕާޓްމެންޓުގައި އޭނާގެ އާއިލާގެ މެމްބަރުން ތިބި ކަމަށެވެ.
ފުލުހުން ބުނީ، މި އަންހެން މީހާ އަށް މިހަރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.




