އިންފްލޭޝަންގެ ސަބަބުން ލޯބީގެ އަގު ބޮޑުކުރަން ޖެހިއްޖެ ކަމަށް ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް ބުނެފިއެވެ.
2001 ވަނަ އަހަރު ޖެނިފާ ލޮޕޭޒް އަލްބަމް ރިލީޒްކުރި ލަވަ "Love Don’t Cost a Thing" އަށް އިޝާރާތްކޮށް އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުރީގެ ހަގީގަތް ބަދަލުކޮށް މިހާރުގެ ހަގީގަތަކީ “Due to inflation my love will now be costing a thing,” ކަމަށެވެ.
މި ޕޯސްޓް އޭނާގެ އިންސްޓަގްރަމް ގައި ޕޯސްޓް ކުރުމާއެކު މުޅި ދުނިޔޭގައި އޭނާގެ މި ޕޯސްޓާ ގުޅޭގޮތުން ބޮޑެތި ބަހުސްތައް ކުރެވެން ފެށިއެވެ. އުމުރުން މިހާރު 55 އަހަރުގެ ލޮޕޭޒް އަކީ ޒަމާނުއްސުރެ ޗާޓް ޓޮޕިން މިއުޒިކާއި ބްލޮކްބަސްޓާ ފިލްމުތަކާއި ޓްރެންޑްސެޓިން ސްޓައިލަށް މަޝްހޫރު ސަގާފީ އައިކަން އެކެވެ.
އޭނާގެ 2001 ވަނަ އަހަރުގެ ލަވަ "ލަވް ޑޯންޓް ކޮސްޓް އަ ތިންގް" އަކީ ޒަމާނުއްސުރެ މެޓީރިއަލިޒަމްގެ (މާއްދީއްޔަތު)ގެ މައްޗަށް ނަފްސް ނުހެއްލުމުގެ މިނިވަންކަން ފާހަގަކުރާ ލަވައެކެވެ.
މި މަހުގެ 28 ވަނަ ދުވަހު އިންސްޓަގްރާމް ގައި ކޮށްފައިވާ ޕޯސްޓުގައި މި ލަވަ ރިފަރެންސްކޮށް، ލޮޕޭޒް ވަނީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އޭނާގެ ހިޓް މިއަދުގެ އިގްތިސާދީ ހަގީގަތާ ގުޅުވައި، އިންފްލޭޝަންގެ ސަބަބުން ކާބޯތަކެތީގެ ބާވަތްތަކުން ފެށިގެން ގޭހާ ހަމައަށް ހުރިހާ އެއްޗެއްގެ އަގު އުފުލިފައި ވާތީ އެ ލަވައިގަ އެ ބުނާ ހަގީގަތް މިއަދު ބަދަލުކުރަންޖެހިފައިވާ ކަމަށެވެ.
އެތައް ހާސް ލައިކްސް އަދި ކޮމެންޓްތަކެއް ލިބުނު އިންސްޓަގްރާމް ޕޯސްޓަށް ވަރަށް ގިނަ ބަޔަކު ދަނީ ތައުރީފް ކޮށް މިހާރުގެ އިގްތިސާދީ ހަގީގަތް ޖެނިފާ ލޮޕޭޒް ވަރަށް ކުރު އިބާރާތަކުން ބުނެދީފި ކަމަށް ބުނެފައެވެ.
ބައެއް މީހުން ކޮށްފައިވާ ކޮމެންޓް ތަކުގެ ތެރޭގައި "ޖޭ.ލޯ، އައި ކާންޓް އެފޯޑް ޔޯ ލަވް ނައު!" އެންޑް "އިންފްލޭޝަން ހިޓިން ދަ ހާޓް؟ .” ފަދަ ކޮމެންޓް ތައް ހިމެނެ އެވެ. ލޮޕޭޒްގެ ޕޯސްޓަށް ތައުރީފުކޮށް، އެކަކު ލިޔެފައި ވަނީ "އިންފްލޭޝަން އައިކޮނިކް ކުރެވޭނީ ހަމައެކަނި ޖެނިފާ ލޮޕޭޒް" އަށް ކަމަށް ބުނެފައެވެ.




