ފިރުމީނޯގެ މޮޅުކުޅުމާއެކު އޭއެފްސީ ޗެމްޕިއަންސްލީގުގެ ޗެމްޕިއަންކަން އަހުލީން ހޯދައިފި

އޭޝިއާގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެމްޕިއަންސް ލީގު ސައުދީ އަރަބިއްޔާގެ އަލް އަހްލީ އިން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.

އަލް އަހްލީ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖިއްދާގެ ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ޖަޕާނުގެ ކަވަސާކީ ފްރޮންޓޭލް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗްގައި އަހުލީން ޖެހި ދެ ގޯލްވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. މި ދެގޯލް ޖަހަންވެސް ފުރުޞަތު ފަހިކޮށްދިނީ ލިވަޕޫލާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ބުރެޒިލްގެ ރޮބާޓޯ ފިރުމީނޯއެވެ. މި މެޗުގެ 35 ވަނަ މިނިޓުގައި ފުރަތަމަ ލަނޑުޖެހީ ބްރެޒިލް މިޑްފީލްޑަރ ގަލޭނޯއެވެ. އަދި އޭގެ ހަތް މިނިޓު ފަހުން މެޗުގެ 42 ވަނަ މިނިޓުގައި ފްރޭންކް ކެސީ ވަނީ ދެ ވަނަ ގޯލް ޖަހާފައެވެ.

ފައިނަލްމެޗްގެ މޮޅުން ކުޅުންތެރިޔަކަށާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހްލީގެ ކެޕްޓަން ފިރިމީނިއޯއެވެ. ފިރުމީނޯއަކީ ޔޫއެފާ ޗެމްޕިއަންސް ލީގާއި އޭއެފްސީ ޗެމްޕިއަންސްލީގު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާގެ ގޯލުން 2019 ވަނަ އަހަރު ފީފާ ކުލަބް ވޯލްޑް ކަޕްވެސް ލިވަޕޫލުން ކާމިޔާބުކުރިއެވެ.

އަލް އަހްލީ އިން ފުރަތަމަ ފަހަރަށް އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު, އެ ކްލަބު ވެފައިވަނީ މި މުބާރާތް ކާމިޔާބުކުރި ސައުދި އަރަބިއްޔާގެ ތިންވަނަ ކްލަބަށެވެ. މީގެ ކުރިން އަލް އިއްތިހާދު އިން ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު އަލް ހިލާލް އިން ވަނީ ހަތަރު ފަހަރު މަތިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *