އައިޓީބީ ފެއާގައި، ކައުންސިލްގެ ޚަރަދުގައި އައްޑޫގެ ޓޫރިޒަމް ތަމަސީލުކުރާނެ ފަރާތްތައް ހޯދަނީ

މި އަހަރުގެ އައިޓީބީ ފެއާގައި އައްޑޫގެ ޓޫރިޒަމް އިޝްތިހާރު ކުރަން މަންދޫބުން ބައިވެރިކުރަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައިވަނީ މިއަހަރު ބާއްވާ އައިޓީބީ ފެއާގައި އެ ސިޓީގެ ހުރިހާ ރަށްތަކުން މަންދޫބުން ބައިވެރިކުރުމަށެވެ. އަދި އެ ސިޓީގައި ޓޫރިޒަމް ވިޔަފާރި ހިންގާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކައުންސިލުން ވަނީ އެ ސިޓީގައި ޓޫރިޒަމް މަސައްކަތްކުރާ 8 ފަރާތަކަށް އެ ފުރުސަތު ދިނުމަށެވެ. އެގޮތުން ފެއާގައި ބައިވެރިވާން ފީ/ސްޓޯލް ފީ އާއި ފެއާގައި ބައިވެރިވާ ފަރާތްތަކުގެ އިންޓަނޭޝަނަލް ޓިކެޓާ އެކު އެލަވަންސެއް ވެސް ކައުންސިލުން ދޭން ވަނީ ނިންމައިފަ އެވެ.

އައްޑޫ ސިޓީގެ ރަށްތަކުން ތަމްސީލުވާ ފެއާގައި ބައިވެރިކުރަން ނިންމާފައިވަނީ:

  1. ހިތަދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާ އިން ދެ ފަރާތް
  2. މަރަދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާއިން އެއް ފަރާތް
  3. މަރަދޫފޭދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާ އިން އެއް ފަރާތް
  4. ފޭދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާއިން އެއް ފަރާތް
  5. ހުޅުދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާއިން އެއް ފަރާތް
  6. މީދޫ ތަމްސީލު ކުރުމަށް ޓޫރިޒަމް ދާއިރާއިން އެއް ފަރާތް

މީގެ އިތުރުން އައްޑު އަށް ނިސްބަތްވާ ނޫސް/މީޑިއާ ދާއިރާއިން އެއް ފަރާތަކަށް ފުރުސަތު ދޭން ވަނީ ނިންމައިފައިވާކަމަށާއި، އެ ފެއާގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އައިޓީބީ ފެއާ އޮންނާނީ މި މަހުގެ 27-29 އަށް ޗައިނާގެ ޝަންހާއީގަ އެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *