Advertisement
BML Home 2nd Ad

ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (7ވަނަ ބައި): ކައިވެނިކުރުމަށް ހުރި ހުރަސްތައް

ތިމާއަށް ކައިވެނިކުރުމަށްޓަކައި ކަމުދާ ކުއްޖަކު ފެނިއްޖެނަމަ، ނުވަތަ ކުއްޖަކު ދެކެ ލޯބިވެވިއްޖެނަމަ އެކަމުގައި ހަދަން އެންމެ ރަނގަޅުގޮތަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދަށް ތަބާވުމެވެ. ޙަދީޘްކުރައްވާފައިވެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

(لَمْ نَرَ لِلْمُتَحَابَّيْنِ مِثْلَ النِّكَاحِ) – { رواه ابن ماجه ( 1847 ) وصححه البوصيري والشيخ الألباني في ” السلسلة الصحيحة ” ( 624 ) . “}

“އެކަކު އަނެކަކު ދެކެ ލޯބިވާ ދެމީހަކަށް ކައިވެންޏާ އެއްފަދަ ކަމެއް ނުވެއެވެ.”
ރައްޓެހިވެގެން އުޅުމާއި، ޒިނޭއަށް މަގުފަހިވާ އެއްސަބަބަކަށް ވެފައި އޮންނަނީ ވަރަށް ގިނަ ފަހަރު ދަރީން ކައިވެނިކުރަން މައިންބަފައިން ނުޤަބޫލުވުމެވެ. ބައެއްފަހަރު އެއްވެސް މަޤްބޫލު ސަބަބެއް ނެތިއެވެ. ދަރިފުޅު ކިޔަވާ ނުނިމޭތީ ނުވަތަ ކޯސް ހަދާތީ، ނުވަތަ އިންނަން އުޅޭ ކުއްޖާއަކީ އެހެން ރަށެއްގެ ކުއްޖަކަށް ވީތީއެވެ. ކައިވެނިކުރުން ދަތިކޮށް ލަސްކުރުމަކީ ފާފަކުރުމަށް ހުޅުވޭ ދޮރެކެވެ. އަދި އެއީ ޒިނޭ އިތުރުވާ އެއް ސަބަބެވެ. ދީނުގައި އޮންނަނީ ތިބާގެ ދަރިފުޅާ ކައިވެނިކުރުމަށް ދީންވެރި އަޚްލާޤު ރަނގަޅު މީހަކު ހުށަހަޅައިފިނަމަ އެކުދީން ކައިވެނިކޮށްދިނުމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
( إِذَا خَطَبَ إِلَيْكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَزَوِّجُوهُ ، إِلَّا تَفْعَلُوا تَكُنْ فِتْنَةٌ فِي الْأَرْضِ وَفَسَادٌ عَرِيضٌ ){ روى الترمذي (1084) وحسنه الألباني في “صحيح الترمذي”.}

“އެމީހެއްގެ ދީންވެރިކަމާއި ރިވެތި އަޚްލާޤާމެދު ރުހެވޭ މީހަކު ކައިވެނިކުރުމަށް އެދި ހުށަހަޅައިފިނަމަ، ފަހެ ތިޔަބައިމީހުން އޭނާއާ ކައިވެނިކުރުވާށެވެ. ތިޔަބައިމީހުން އެކަން ނުކުރަނީނަމަ ބިންމަތީގައި ފާޅުވެގެންވާ ފިތުނައާއި ފަސާދަ އުފެދޭނެއެވެ.”

ކައިވެނިކުރެވޭ ޢުމުރު 18 އަހަރު ކަމުގައި ކަނޑައަޅާފައި އޮތުމަކީވެސް ޒިނޭކުރުމަށް މަގުފަހިވާ ސަބަބެކެވެ. އިންސާނާގެ ޖިންސީ ޣަރީޒާއަކީ 18 އަހަރު ފުރުމުން އަންނަ އެއްޗެއް ނޫނެވެ. ކައިވެނި ނުކުރެވިގެން 18 އަހަރު ފުރެންދެން ތިބެން ޖެހުމަކީ ޒިނޭކުރުމަށް ފާޅުގައި ދެވޭ ހިތްވަރެކެވެ. އަދި މިއީ އިސްލާމީ ޝަރީޢަތާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ބާލިޣުވުމަށްފަހު ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ކައިވެންޏަށް ތައްޔާރުވެފައިވާ އެކަން ކުރުމުގެ ކުޅަދާނަކަން ހުރި ކޮންމެ މީހަކީ 18 އަހަރު ނުފުރުނު ކަމުގައިވިޔަސް އިސްލާމީ ޝަރީޢަތުގައި ބޮޑު މީހެއްކަމުގައި ބަލާ ކައިވެންޏާއި އެހެނިހެން ޢަޤުދުތަކާއި މުޢާމަލާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާ، މައްސޫލިއްޔަތު ތަކާއި ޒިންމާތައް އުފުލާ ޙައްޤުތައް އަދާކުރާ، ކައިވެނިވެސް ކުރެވޭނެ މީހެކެވެ.

ކައިވެނިކުރުމަށް ވަރަށް ގިނަ ހުރަސްތައް އަދިވެސް މުޖުތަމަޢުގައި އެބަހުއްޓެވެ. ޚާއްޞަކޮށް ވެރިރަށް މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ކުދީންނަށް ކައިވެނިކުރުމަކީ ވަރަށް ބޮޑު ތަކުލީފު އުފުލަންޖެހޭ ކަމަކަށްވަނީ ވެފައެވެ. ކައިވެނިކުރުމަށް ހުރަސްއެޅޭ އަދި ފާފަކުރުމަށް މަގުފަހިވާ ސަބަބަކަށް އަދި މިކަމުގެ ސަބަބުން ނުކުންނަ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތަކުގެ ސަބަބަކަށް ބޯހިޔާވަހިކަމުގެ ދަތިކަން ވަނީ ވެފައެވެ.

ދިރިއުޅޭނެ ތަނެއް ނުލިބުމުގެ ސަބަބުން، ނުވަތަ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބެން ނެތުމުގެ ސަބަބުން ކައިވެނިކޮށްގެން ދިރިއުޅޭނެ ތަނެއް ނެތަތީ ވަރަށް ގިނަ ކުދީން ކައިވެނި ނުކުރެވިފައި ތިބެއެވެ. އެފަދައިން ކައިވެނި ނުކޮށް ތިބުމަކީ ފާފާކުރުމަށް ޚާއްޞަކޮށް ޒިނޭކުރުމަށް މަގުފަހިވާ ސަބަބެކެވެ.

(ނިމުނީ)

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add