ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި ޓެސްލާގެ ސީއީއޯ އީލޮން މަސްކްގެ މުސާރައާއި އިނާޔަތްތަކަށް ބަދަލުތަކެއް ގެނައުމަށް ކޮމެޓީއެއް އުފައްދައިފިއެވެ.
ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓެއްގައި ވާގޮތުން ޓެސްލާގެ ބޯޑުން ވަނީ މަސްކްއަށް އައު އޮޕްޝަންތައް ހިމެނޭ ޕެކޭޖެއް ދިނުމަށް ހާއްސަ ކޮމިޓީއެއް އުފައްދައިފަ އެވެ. ބޯޑުގެ ޗެއާ ރޮބިން ޑެންހޯލްމް އާއި ޑައިރެކްޓަރު ކެތުލީން ވިލްސަން-ތޮމްޕްސަން ހިމެނިވަޑައިގަންނަވާ މި ކޮމިޓީން މަސްކްގެ އާ ޕޭ ޕެކޭޖް އިވެލުއޭޓް ކުރާނެ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
މި ކޮމެޓީ އެކުލަވާލާފައި މިވަނީ 2018 ވަނަ އަހަރު މަސްކު އަށް ދީފައިވާ 56 ބިލިއަން ޑޮލަރުގެ ޕެކޭޖާ ގުޅޭގޮތުން ކޯޓުން ނިންމާފައިވާ ނިންމުމާމެދު މަސްކުގެ ހިތަހަމަނުޖެހުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މަސްކް ވަނީ 2018 ގައި އޭނާއަށް އޮފާކުރި ޕެކޭޖާ ގުޅިގެން ހުށަހަޅާފައިވާ މައްސަލާގައި 304 މިލިއަން ޑޮލަރުގެ ކޮންޕެންސޭޝަން ޕެކޭޖެއް ހޯދުމަށްވެސް އެދިފައެވެ. އެ ރޭޓުން ބަލާނަމަ މަސްކް ބުނެފައިވަނީ 2023 ވަނަ އަހަރުގެ އޭނާގެ ސްޓޮކް ގްރޯތު އުޅޭނީ 146 ބިލިނުގައި ކަމަށެވެ.
މަސްކްގެ 2018 ވަނަ އަހަރުގެ ޕޭ ޕެކޭޖް ޖަޖްމަންޓާ ބެހޭ ގޮތުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑެލަވެއާގެ ފަނޑިޔާރު ނިންމީ އެ ޕެކޭޖަކީ މާ ބޮޑު ޕެކޭޖެއް ކަމަށާއި އެ ޕެކޭޖަކީ ބޯޑުގެ މެމްބަރުން ބޭއިންސާފުން ފާސްކޮށްފައިވާ ޕެކޭޖެއް ކަމަށެވެ. އެ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޑިރެކްޓަރުން އަމަލުކޮށްފައި ވަނީ ނޯކަރުންގެ ވިސްނުމުގައި ކަމަށެވެ.




