ބަންކަރިން ޚިދުމަތް ފޯރުކޮށްދީގެން މިހާތަނަށް 124 މިލިއަން ރުފިޔާ ލިބިއްޖެ: އެސްޓީއޯ އެމްޑީ

ބަންކަރިން ޚިދުމަތް ފޯރުކޮށްދީގެން މިހާތަނަށް 124 މިލިއަން ރުފިޔާ ލިބިއްޖެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޝިމާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ވިޓޯލް ގުޅިގެން އިހަވަންދިއްޕޮޅުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ފެށި ބަންކަރިންގެ ހިދުމަތުގެ އިހަވަންދިއްޕޮޅުގެ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް ނަމަވެސް މާލެ ސަރަހައްދުގައި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދަށް އައި ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ލައިނާގެ ކްރޫސްލައިނާއަކަށް އެ ކުންފުނިން ހިދުމަތް ދީފައިވާ ކަމަށާއި، އެކަމުން އިނގެނީ ބައިނަލްއަގުވާމީ ބޮޑެތި ޝިޕިން ލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން ކަމަށްވެސް އެމްޑީ ޝިމާޒް ވިދާޅުވިއެވެ. އިތުރަށް އެމްޑީ ޝިމާޒު ވިދާޅުވީ ބަންކަރިންގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކާއެކު ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *