ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް އާދަޔާޚިލާފަށް ހޫނު ގަދަވެއްޖެ އެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސް ގެ ހޫނު މިން އިއްޔެވަނީ 51.6 އަށް އަރާފައެވެ. މީގެ ކުރިން އެ ގައުމުގެ ހޫނުމިން އެންމެ މަތިން ރެކޯޑް ކުރެވިފައިވަނީ 2009 ވަނަ އަހަރުއެވެ. އެފަހަރު ހޫނުމިން ވަނީ 50.2 އަށް އަރާފައެވެ.
އިއްޔެގެ 1:45 ގައި އެ ގައުމުގެ ހޫނު މިން 51.6 ގައި ރެކޯޑް ކުރެވިފައިވާއިރު އިއްޔެގެ ހޫނުމިން ވަނީ ހުކުރުދުވަހާ އަޅާބަލާއިރު 1.2 ޑިގްރީ މައްޗަށް އަރާފައެވެ.
ސަހަރާ ބޮޑު ޔޫއޭއީ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ހޫނުވާ އެއް ސަރަހައްދުގައި އޮންނަ ގައުމެކެވެ. އަދި އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ އެއް ސަރަހައްދެވެ.




