ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބް، ނޫވިލާގެ، ސ. ހިތަދޫ އައްޔަންކޮށްފިއެވެ.
ބީއެމްއެލްއިން ވަނީ އަހަރީ އާންމު ޖަލްސާ ބާއްވައި، ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށްފައެވެ. ސަރުކާރުގެ ފަރާޓުން ބީއެމްއެލްގެ ބޯޑަށް ހުށަހަޅައި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:
- އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބް، ނޫވިލާގެ، ސ. ހިތަދޫ
- އަލްފާޟިލް މުޙައްމަދު ޝަރީފް، މ. ޢިފާޢު، މާލެ
- އަލްފާޟިލާ ސަޙަރު ވަޙީދު، މ. ވެލާލުގެ، މާލެ
- އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04، މާލެ
- އަލްފާޟިލް ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
- އަލްފާޟިލް މުޙައްމަދު ޝާހިދު، ހުޅުމާލެ. ފްލެޓްނަންބަރު 90-2-02، މާލެ
- ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، މާލެ
- އަލްފާޟިލް މުޙައްމަދު މާއިޒު މުނާޒު، ގ. އަޒާރޯ، މާލެ
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފައިވާ 3 ޑިރެކްޓަރުން:
- އަލްފާޟިލް ޢަބްދުﷲ ނަސީމް، ކަރަންކާވިލާ، ހއ. ފިއްލަދޫ
- އަލްފާޟިލް ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ
- އަލްފާޟިލް މޫސާ ރަޝީދު، މ. ޤަސީމު، މާލެ