އިރާނުން އިސްރާއީލަށް ރޭ ދިން ރައްދު ހަމަލާތައް ނުހުއްޓުވި ތެލްއަވީވުގެ އެކި ސަރަހައްދު ތަކަށް އަމާޒު ވެއްޖެއެވެ.
އިރާނުން ރޭ ދޭން ފެށި މިސަައިލް ހަމަލާތަކުގައި އިޒްރޭލްގެ ތެލްއަވީވަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވީނަމަވެސް މިހާތަނަށް އެއްވެސް މީހެއް މަރުވިކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.
އިސްރާއިލުން އީރާނަށް ދިން މިސައިލް ހަމަލާތަކުގައި އީރާންގެ ސިފައިންގެ އިސްވެރިންތަކަކާއި އާންމުންވެސް ވަނީ މަރުވެފަ އެވެ. އެއާއެކު އިއްޔެ ވަނީ އިރާނުން އިސްވެ ހަމަލާ ނުދޭކަން ދުނިޔެއަށް އެނގިގެން ހިނގައްޖެ ކަމަށާއި، ނަމަވެސް ބަދަލުހިފާނެ ކަމަށް ބުނެފައެވެ. އަދި އިރާނުގެ ސްޕްރީމް ލީޑަރ ވަނީ އިސްރާއީލާ ދެކޮޅަށް ހަމަލާދިނުމަށް އަސްކަރީއްޔާއަށް އަމުރުކުރައްވާފައެވެ.
އެގޮތުން އިރާނުން ދިން ހަމަލާތަކުގައި އިސްރާއިލްގެ ޑިފެންސްސިސްޓަމެއް ހަލާކުކޮށްލާފައިވާއިރު ތެލްއަވީވްގެ މީހުން ދިރިއުޅޭ ހިސާބަކަށްވެސް ހަމަލާތަށް އަމާޒްވެފައެވެ.




