ދޮށީގެ މަސްވެރިންނަށް ޚާއްސަ މަސްރޭހެއް! 1 ވަނައަށް 1 ލައްކަ ރުފިޔާ!

ދޮށީގެ މަސްވެރިކަން ކުރާ މަސްދޯނިފަހަރަށް ޚާއްސަކޮށްގެން މަސްރޭހެއް ބާއްވަން އިއުލާންކޮށްފިއެވެ.

"މޯލްޑިވްސް ޓޫނާ ރޭސް"ގެ ނަމުގައި މި މަސްރޭސް އިންތިޒާމްކުރަނީ ކެޔޮޅުންގެ ލޮބީންނެވެ. 24 ގަޑިއިރަށް ކުރިއަށްގެންދިއުމަށް ރާވާފައިވާ މި މަސްރޭސް އޮންނާނީ ޑިސެމްބަރު 5 އަދި 6 ވަނަ ދުވަހުއެވެ. މި ހަރަކާތަކީ ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ރާވާފައިވާ އިވެންޓެކެވެ. .

މި މަސްރޭހުގެ ފޯރި ގަދަކުރުމުގެ ގޮތުން މަސްރޭހުގައި ވަނަވަނައަށް ހޮވޭ ފަރާތްތަޖަށް ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅާފައިވާކަމަށް ލޮބީންބުންޏެވެ.

މަސްރޭހުން 1 ވަނަ، އެންމެ މަތިން ކިލޯކިރާ އޮޑިއަކަށް 100،000 ރުފިޔާ
* މަސްރޭހުން 2 ވަނަ، އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 50،000 ރުފިޔާ
* މަސްރޭހުން 3 ވަނަ އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 25،000 ރުފިޔާ
* މަސް ރޭހުގައި ބައިވެރިވާ އޮޑިތަކުގެ ތެރެއިން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް 5،000ރުފިޔާ

މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ދޯނިފަހަރަށް، މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ 16:00އާ ހަމައަށް ހުޅުވާލާފައެވެ.
މި މަސްރޭހުގައި ބައިވެރިވެވޭނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އަދި މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ އޮޑިފަހަރަށްކަމަށް ލޮބީން ބުންޏެވެ.

މި މަސްރޭހަކީ، ދޮށީގެ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމަށާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ކުރިއަށްގެންދާ ރޭހެކެވެ. އަދި ދޮށީގެ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރުކުރުމަކީ މި ރޭސް ބޭއްވުމުގެ މަޤުސަދެއްކަމަށްވެސް ކެޔޮޅުންގެ ލޮބީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *