ކާށިދޫ ކަނޑަށް ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެއްޖެއެވެ.
އޭގެން ދަތުރު ކުރި މީހުންގެ ތެރެއިން މިހާތަނަށް 5 މީހުން ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި 3 ދިވެހިންނެވެ. މީގެތެރެއިން ދިވެއްސަކު ނިޔާވެފައިވާކަމަށް މައުލޫމާތުލިބެއެވެ. އަނެއް ހަތަރު މީހުންގެ ހާލަތެއް އަދި ސާފެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލީ ސިފައިންގެ ކުންފުންޏެއް ކަމަށްވާ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށެވެ. އެއިން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ..
މިއަދަކީ ކަނޑު މަޑު މޫސުން ރީތި ދުވަހެކެވެ. ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި ނޭންގެއެވެ.




