21 އަހަރުން ދަށުގެ ޔޫރޯގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދައިފި

ފައިނަލްގައި ޖަރުމަނު ބަލިކޮށް 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އިންގްލެންޑުން ހޯދައިފިއެވެ.

މި މެޗް އިންގްލެންޑުން ކާމިޔާބުކުރީ 2-3 ލަނޑުންނެވެ. މި މެޗްގައި އިންގްލެންޑްގެ ފުރަތަމަ ގޯލް 5 ވަނަ މިނެޓްގައި ޖެހީ މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދި ލިވަޕޫލްގެ އެލިއޮޓްއެވެ. އެލިއޮޓްވަނީ ސެމީގައި ހޮލެންޑްކޮޅަށް އިނގިރޭސިންޖެހި 2 ލަނޑުވެސް ޖަހާފައެވެ. މި މުބާރާތުގައި އޭނާ 5 ގޯލް ޖެހިއެވެ.  މެޗުގެ 24 ވަނަ މިނިޓްގައި އޮމާރީ ހަޗިންސަން ވަނީ ލަނޑެއް ޖަހައި، އިންގްލެންޑުގެ ލީޑުފުޅާކޮށްދީފަ އެވެ.

މި މެޗްގައި ޖަރުމަންގެ ފުރަތަަމަ ގޯލް ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޖެހީ ނެލްސަން ވައިޕާއެވެ. އަދި، އެއްވަރުކުރި ގޯލު ދެ ވަނަ ހާފުގެ، 61 ވަނަ މިނިޓްގައި ޖެހީ ޕޯލް ނެބެލް އެވެ.

އިންގްލެންޑް މޮޅުވީ، މެޗުގެ ފުރިހަމަ ވަގުތުގައި އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގަ އެވެ. އެ ގޮތުން، 92 ވަނަ މިނިޓްގައި، މި ލަނޑު ޖެހީ، ޓައިލާ މޯޓަން ދިން ބޯޅައަކުން، ޖޮނަތަން ރޯވް އެވެ.

މިއީ އިންގްލެންޑުން ވިދިވިދިގެން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި 2 ވަނަ ފަހަރެވެ. މީގެ 2 އަހަރު ކުރިން ޖޯޖިއާގައި ބޭއްވި، 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އިންގްލެންޑުން ކާމިޔާބުކުރީ 1-0 އިން ސްޕެއިން ބަލިކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *