މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންނަށް ކުރިއެކޭވެސް އެއްގޮތަށް ޑޮލަރުން މުސާރަ ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.
ޓީއެމްއޭގެ މުވައްޒަފުންނަށް މީގެ ކުރިން ޑޮލަރުން މުސާރަ ދެމުން އައިއައުން ބަދަލުކޮށް މުސާރައިގެ ވަކި ޕަސެންޓެއް ދިވެހި ރުފިޔާއިން ދިނުމަށް ނިންމުމާ ގުޅިގެން މިނިވަންދުވަހާ ދިމާކޮށް އެކުންފުނީގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމުމާ ގުޅިގެން އެ ކުންފުނިން މިދިޔަ މަހު މުވައްޒަފުންނަށް އެންގި އެންގުން ބާތިލްކުރުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމިކަން މިއަދު ވަނީ އެކުންފުނީގެ މުވައްޒަފުންނަށް މިހާރު ވަނީ އަންގާފައެވެ.
ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ޑޮލަރު މާރުކުރުމުގެ އުސޫލުތަކާ ގުޅިގެން ޓީއެމްއޭއިން ވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ ބައެއް އަންނަ އޯގަސްޓް މަހުން ފެށިގެން ދިވެހި ރުފިޔާއިން ދިނުމަށް ނިންމައި ކުންފުނީގެ މުވައްޒަފުންނަށް އަންގާފައެވެ.
ނަމަވެސް އެ ކުންފުނީގެ ކުންފުނީގެ ސީޕްލޭން ޕައިލެޓުންނާއި އޮޕަރޭޝަންގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ތަކެއް ބައިވެރިވި ބައްދަލުވުމެއްގައި ކުންފުނީގެ އެ ނިންމުމާ ދެކޮޅަށް އިހްތިޖާޖުކުރުމުގެ ގޮތުން މިނިވަންދުވަހާ ދިމާކޮށް މަސައްކަތް ހުއްޓާލުމަށް ނިންމައި އެކަން ކުންފުނީގެ މެނޭޖުމަންޓާއިވެސް ހިއްސާކޮސްފައިވަނިކޮށް ކުންފުނީގެ މެނޭޖުމަންޓުން މިހާރުވަނީ މުވައްޒަފުންގެ ކަންބޮޑުވުން އަހައި މުސާރަ ދިމުގައި ގެންގުޅެމުންއައި އުސޫލަށް ބަދަލުގެނައުމަށް ނިންމި ނިންމުން ބާތިލް ކުރުމަށްފަހު ކުރިއެކޭވެސް އެއްގޮތަށް ކުންފުނީގެ މުވައްޒަފުންނަށް މުސާރަދެމުންދާނީ ޔޫއެސް ޑޮލަރުންކަމަށް އަންގާފައެވެ.