49 މީހުންނާ އެކު ދަތުރު ކުރަމުން ރަޝިޔާގެ އަންގަރާ އެއާލައިންސްގެ އެންޓެނޮވް އޭއެން-24 މަރުކާގެ މަތިންދާބޯޓެއް ވެއްޓި އެ ބޯޓުން ދަތުރުކުރި 49 މީހުން މަރުވެއްޖެއެވެ.
ރަޝިޔާގެ އަމުރު ސަރަހައްދުގައި އޮންނަ ޓައިންޑާ އަވަށުގެ އެއާޕޯޓުން ފުރައިގެން އެތައް ކިލޯމީޓަރެއް ދުރުން ދަތުރުކުރަމުން ދަނިކޮށް އެ ބޯޓާ ގުޅުން ކެނޑުނު ކަމަށް ރިޕޯޓް ކޮސްފައިވަނީ ރަޝިއާ ގަޑިން މެންދުރު 1:00 އެހާކަންހާއިރު އެވެ. އިމަޖެންސީ އޮފިޝަލުންނާ ޙަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ބޯޓް ރާޑަރުން ގެއްލުމުގެ ކުރިން މަތިންދާބޯޓު ޑިސްޓްރެސް ސިގްނަލް ދީފައި ނުވާ ކަމަށާއި ޓެކްނިކަލް މައްސަލައެއް ވެސް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.
ވެއްޓުނު މަތިންދާބޯޓުގައި 4 ކުޑަކުދިންނާއެކު 43 ފަސިންޖަރުންގެ އިތުރުން 6 ކުރޫއިން ތިބި ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްްފައިވެއެވެ.
ނަމަވެސް މި ހާދިސާގައި އެ އެންމެން މަރުވެފައިވާ ކަމުގައި ބެލެވުނު ނަމަވެސް، ރަސްމީ އެއްވެސް އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ބޯޓް ވެއްޓިފައިވަނީ ބޯޓް ދަތުރުކުރަމުންދިޔަ ތީންދާ އެއާޕޯޓާ 15 ކިލޯމީޓަރު ދުރުގައި އޮތް ޖަންގަލިބޯ ސަރަޙައްދަކަށެވެ. ބޯޓް ވެއްޓުނު ސަރަހައްދދުން ނަގާފައިވާ ވީޑިޔޯއަކުން ފެންނަނީ، ބޯޓުގެ ބައިތަކުގައި އަލިފާން ރޯވެ، ދުން އަރަމުންދާ މަންޒަރެވެ.




