އިސްވެ ހަމަލާ ދެނީ ކެމްބޯޑިއާއިން ކަމަށާއި ތައިލެންޑުން ހަމަލާދެނީ ދިފާއުގައި ކަމަށް ތައިލެންޑްގެ ވަގުތީ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވަހަކަދައްކަވަމުން ތައިލެންޑްގެ ވަގުތީ ބޮޑުވަޒީރު ފުމްތަމް ވެޗަޔަޗާއީ ވިދާޅުވީ ހަނގުރާމަ ހުއްޓާލަންދެން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، ކެމްބޯޑިއާގެ ސަފީރު މިހާރު އެގައުމުން ބޭރުކޮށްފައިވާ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ތައިލެންޑުން 12 މީހުން މަރުވެ 24 މީހުން ޒަޚަމްވެފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެޗަޔަޗައި ވިދާޅުވީ ކެމްބޯޑިއާއިން ތައިލެންޑަށް ހަމަލާދީފައިވަނީ ކަނޑައެޅިފައިވާ ޓާގެޓްތަކެއް ނެތި ކަމަށާއި އެއީ މަދަނީ ސަރަހައްދުތަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.
މީގެ އިތުރުން އާންމުންގެ 24 މީހަކާއި އަސްކަރިއްޔާގެ ހަތް މުވައްޒަފަކަށް އަނިޔާވެފައިވާ ކަމަށް ތައިލެންޑްގެ ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.




