ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ތައިލެންޑުގެ ސިސަކެޓް ޕްރޮވިންސްގެ ގޭސް ސްޓޭޝަނަކަށް ކެމްބޯޑިއާގެ އާޓިލަރީގެ ހަމަލާތައް އަމާޒުވުމާ ގުޅިގެން މަޝްރަހު އިތުރަށް މިހާރުވަނީ ހޫނު ވެފައެވެ. އަދި އެކަމާ ގުޅިގެން ތައިލެންޑްގެ ބައެއް ސަރަހައްދުތަކުގައި މާޝަލް ލޯ ވަނީ ތަންފީޒްކުރަން ފަށާފައެވެ.
މީގެ އިތުރުން ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ހޫނުވަމުން ދިއުމާ ގުޅިގެން ކެމްބޯޑިއާ ބޯޑަރު ކައިރީގައި ހުންނަ ތައިލެންޑުގެ ޔުނިވާސިޓީއަކުން 4،000 އަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުންދާކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މައްސަލަ އިތުރަށް ހޫނުވަމުންދާތީ ކެމްބޯޑިއާއާ ޖެހިގެން އޮންނަ 8 ޑިސްޓްރިކްޓެއްގައި ތައިލެންޑުން ވަނީ މާޝަލް ލޯ އިއުލާނުކޮށްފަ އެވެ. ޗަންތަބުރީ އެންޑް ޓްރާޓް ބޯޑަރ ޑިފެންސްގެ ކޮމާންޑަރު ވައިސް އެޑްމިރަލް އެޕިޗާޓް ސަޕްރަސާޓް ވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން މުޅި އެ ސަރަހައްދަށް މާޝަލް ލޯ ތަންފީޒު ކުރުމަށް ދުސްތޫރީ ރަސްކަމުގެ ދަށުން ހިންގާ ކައުންސިލް ފޯ ޑިމޮކްރެޓިކް ރިފޯމްގެ އެންގުމާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި މާޝަލް ލޯ ތަންފީޒުކުރަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ.
ނަމަވެސް ފަހުން ގިނަ ސަރަހައްދު ތަކަކުން މި ގާނޫނު "ބާތިލް" ކުރުމަށް ޝާހީ ގަރާރެއް ނެރުނު ނަމަވެސް ސަލާމަތީ ކަންކަން ދިމާވެއްޖެ ނަމަ ވަކި ސަރަހައްދުތަކެއްގައި އިތުރަށް ތަންފީޒު ކުރުމުގެ ފުރުސަތު ދެމިއޮންނާނެކަމަށް ތައިލެންޑުން ބުނެއެވެ.
ތައިލޭންޑްގައި ހުންނަ އިންޑިއާ އެމްބަސީން ހުކުރު ދުވަހު (ޖުލައި 25) ވަނީ އެ ގައުމުގެ ރައްޔިތުން ތައިލެންޑްގެ އުބޯން ރަތްޗަތާނީ، ސޫރިޔާ، ސިސަކެޓް، ބުރިރާމް، ސާ ކައިއޯ، ޗަންތަބުރީ އަދި ޓްރާޓް ފަދަ 7 ޕްރޮވިންސަށް ޒިޔާރަތް ނުކުރުމަށް އަންގާފައެވެ.
މީގެ އިތުރުން އެމެރިކާއިންވެސް ވަނީ އެ ގައުމުގެ ރައްޔިތުން ތައިލެންޑް-ކެމްބޯޑިއާ ބޯޑަރުގެ 50 ކިލޯމީޓަރުގެ ސަރަހައްދާއި ކައިރި ސަރަހައްދުތައް ދޫކޮށް ދުރު ސަރަހައްދުތަކަށް ދިއުމަށް އަންގާފައެވެ.
މެލޭޝިއާއިން މަޝްވަރާތައް މެދުކަނޑާލުމުގެ ވިސްނުން ތައިލެންޑުން ޤަބޫލުކުރެއެވެ. މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނެތް ކަމަށް މީގެ ކުރިން ދެކޮޅު ހެދުމަށްފަހު ތައިލެންޑުން ވަނީ ކެމްބޯޑިއާއާއެކު މަޝްވަރާކުރުމަށް މެލޭޝިއާއަށް ފުރުސަތު ދޭން ބޭނުންވާކަން ހާމަކޮށްފައެވެ. ތައިލެންޑުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނިކޮރެންޑެޖް ބަލަންކުރާ ވިދާޅުވީ ބެންކޮކަކީ މެލޭޝިއާގެ އެހީތެރިކަމާއެކު މަޝްވަރާއަށް ހުޅުވާލެވިފައިވާ ގައުމެއް ކަމަށެވެ.




