އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްނުވެއްޖެނަމަ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމާ ވިދާޅުވެއޖެ އެވ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ސްޓާމާ ވިދާޅުވީ އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި ސުލްހައަށް މަސައްކަތް ނުކުރާނަމަ، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އ.ދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާނެ ކަމަށެވެ.
ސްޓާމާ މިހެން ވިދާޅުވެފައި މިވަނީ މި ހަފްތާގައި ވެރިކަން ކުރާ ލެބަރ ޕާޓީގެ މެމްބަރުންވެސް ހިމެނޭހެން އިނގިރޭސި ވިލާތުގެ ފާލަމެންޓްގެ 220 މެމްބަރ ފަލަސްތީނުގެ ދައުލަތް ރަސްމީކޮސް ބަލައިގަތުމަށް ގޮވާލާފައި ވަނިކޮށެވެ.
10 ޑައުނިން ސްޓްރީޓުގައި ސްޓާމާ ދެއްކި ވާހަކަ ތަކުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ރަހީނުކުރި އިސްރާއީލުގެ ހުރިހާ މީހުން ވަގުތުން ދޫކޮށްލުމަށާއި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްވެސް ވަނީ ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ހިންގުމުގައި ހަމާސްގެ ބައިވެރިވުމެއް ނޯންނާނެކަން ޤަބޫލުކުރުމަށް ވެސް ހަމާސްގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ..




