ރަޝިއާގެ އެންމެ އިރުމަތީގައި އޮންނަ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު ދުރުން ކަނޑުގެ އަޑިއަށް އައި 8.7 މެގްނިޓިއުޑްގައި ބިންހެލުމާ ގުޅިގެން ޖަޕާނާއި ރަޝިޔާގެ ބައެއް ސަރަހައްދުތަކަށް ސްނާމީ އަރަން ފަށައިފި އެވެ.
ޔޫއެސްޖީއެސް އިން ބުނެފައިވަނީ ބިންހެލުން އައީ ކަމްޗަޓްކާ ޕެނިންސިއުލާގައި އޮންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށެވެ.
BREAKING:
First video of the tsunami hitting Kamchatka, Russia pic.twitter.com/SyCrcRIEpz
— Visegrád 24 (@visegrad24) July 30, 2025
ޖަޕާނުގެ އިން ބުނީ އެ ގައުމުގެ ހޮކައިޑޯއަށް އެރި ސުނާމީގެ ފުރަތަމަ ރާޅުތަކުގެ އުސްމިނުގައި 30 ސެންޓިމީޓަރު ހުރި ކަމަށެވެ. ނަމަވެސް ރާޅުތައް އަދި ވަރަށް ބޮޑަށް އުސްވެ ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ޖަޕާނުން ވަނީ ބުނެފައެވެ. އެގޮތުން ޖަޕާނުގެ އުތުރާއި އިރުމަތީ އައްސޭރިފަށަށަށާއި އެގައުމުގެ ދެކުނުން އޮސާކާ ކައިރީގައި އޮންނަ ވާކަޔާމާއާ ހަމައަށް 3 މީޓަރު އުސްމިނުގައި ރާޅު އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުން އޮސާކާ ކައިރީގައި ވާކަޔާމާއާ ހަމައަށް ރާޅު އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
BREAKING:
A series of large tsunami waves are now hitting Russia after an 8.7 magnitude earthquake pic.twitter.com/QxUgzpZfst
— Visegrád 24 (@visegrad24) July 30, 2025
މީގެ އިތުރުން ރަޝިޔާގެ އެމަރޖެންސީ މިނިސްޓަރީން ބުނީ ބިންހެލުމާ ގުޅިގެން އެގައުމުގެ އިރުމަތީ އައްސޭރިފަށަށް އެރި ސްނާމީގައި 2،000 މީހުން ދިރިއުޅޭ ބަނދަރުމަތީ ސަރަހައްދެއް މިހާރު އޮތީ ފެނު އަޑީގައި ކަމަށެވެ.




