މާލޭގައި މަގުމަތީގައި ހިނގާފައި ދިޔަ އަންހެނެއްގެ ފޯނެއް ފޭރިިގަތް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭ ބޮޑުރަސްގެފާނު މަގުގައި ހުންނަ ގަލޮޅު ސެންޓްރަލް މާޓު ކައިރިން ހިނގަފައިދިޔަ އަންހެނެއްގެ ޖަހައި ފޭރުނު މައްސަލައެއް މިއަދު މެންދުރުފަހު 3:19 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ކުލްދީޕް ސިންހް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ފޜިގަތް ފޯނު ހޯދައި އެ އަންހެން މީހއާއި ޙަވާލުކޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައި އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.