ރާއްޖެއާއެކު ފާކިސްތާނުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ޕާކިސްތާނުގެ ބޮދުވަޒީރު ޝެހެބާޒް ހާން ގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
- ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަރުތައް ފެށުން
- ރާއްޖޭގައި މެޑިކަލް ސްކޫލެއް އިމާރާތް ކުރުން
- ސައިބާ ސެކިއުރިޓީ
- މަސްތުވާތަކެތި ސްމަގްލް ކުރުން ހުއްޓުވުން
- އިޖުތިމާއީ ރައްކާތެރިކަން
- ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުން
- ދިފާއީ ގުޅުން ބަދަހިކުރުން
- ކަނޑުމަތީގެ ރައްކާތެރިކަން
- މަސްވެރިކަން
- ދަނޑުވެރިން
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދުގެ ހެނދުނު ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީގެކޮޅުގަ އެވެ.
އެއަށްފަހު ދެ ގައުމުގެ ރަސްމީ ވާހަކަތައް ބޭއްވުމަށްފަހު ދެގައުމުން އެއްބަރާުލުންދިނުމާގުޅޭ މައިގަނޑު އެމްއޯޔޫތަކުގައި ވަނީ ސޮއިކޮސްފައެވެ.




