އިންޑިއަން އެކްސްޕޯޓް އިންޑަސްޓްރީ ކްރައިސިސް: އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޑިއާގެ މުދަލުން 25 އިންސައްތަ ޓެރިފް ނަގަން ނިންމުމާ ގުޅިުގެން އިންޑިއާއިން އެމެރިކާއަށް ކުރަމުންއައި 43 ބިލިއަން ޑޮލަރު އެކްސްޕޯޓް ނުރައްކަލަށް ހުށަހެޅިއްޖެއެވެ.
އެމެރިކާ ގެ ރައީސްގެ މި ފިޔަވަޅާ ގުޅިގެން އިންޑިއާގެ ސިނާއަތްތަކުގެ މެދުގައި، ޚާއްޞަކޮށް ޓެކްސްޓައިލް އާއި، ސްޓީލް އަދި ދަނޑުވެރިކަމުގެ ސިނާޢަތްތަކުގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އެގޮތުން އޯޑަރު ކެންސަލްކުރުމާއި ވަޒީފާ ގެއްލުމުގެ ފުރުސަތު އޮތުމުން އެކްސްޕޯޓްކުރާ ފަރާތްތަކުން ވަނީ އެކްސްޕޯޓް ޕްރޮމޯޝަން ކެމްޕޭނެއް ފަށައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރަށް ގޮވާލާފައެވެ.
އޮގަސްޓް 7، 2025 އިން ފެށިގެން އިންޑިއާއިން އެތެރެކުރާ ހުރިހާ މުދަލަކުން 25އިންސައްތައިގެ ޓެރިފާއި އިތުރު ޖޫރިމަނާތަކާ އެކު އެމެރިކާ އިން ސްޓޭންޑާޑް 25 އިންސައްތައިގެ ޓެރިފެއް ކަނޑައެޅުމާ ގުޅިގެން އިންޑިއާގެ އެކްސްޕޯޓަރުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ބަންގްލަދޭޝް، ވިއެޓްނާމް އަދި ޕާކިސްތާން ފަދަ ވާދަވެރިންގެ އަތުން ނަގާ ޓެރިފަށްވުރެ ބޮޑު ޓެރިފްގެ ސަބަބުން އިންޑިއާއިން އެކްސްޕޯޓް ކުރާ 87 ބިލިއަން ޑޮލަރުގެ އެކްސްޕޯޓް ވޮލިއުމްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ނުރައްކާ ވެދާނެ ކަމަށް އެކްސްޕޯޓް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ހާއްސަކޮށް އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ އެކްސްޕޯޓްގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ސެކްޓޯރަލް އިމްޕެކްޓް ޓެކްސްޓައިލްސް އަށް ވަނީ ނުރައްކާ ކުރިމަތިވެފަ އެވެ.