Advertisement
BML Home 2nd Ad

މިއުޒިކާއި ބަޑިޖެހުމާއެކު ޖަނާޒާ ބޭއްވުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއް؟

ޝަރީޢަތާ ޚިލާފު ކަންކަން ޖަނާޒާގެ ތެރެއަށް ވެއްދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

Advertisement
Etukuri Inside ad 300x300 Desktop

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (لاَ تُتْبَعُ الْجَنَازَةُ بِصَوْتٍ وَلاَ نَارٍ). [ أخرجه أبو داود 2/62 عن أبي هريرة وهو ضعيف]. “އަޑުގަދަ ކުރުމުންނާއި އަލިފާން ހިފައިގެން ތިޔަބައިމީހުން ޖަނާޒާއަށް ތަބާ ނުވާށެވެ.” މި ޙަދީޘަކީ ޟަޢީފު ޙަދީޘެއް ކަމުގައިވިޔަސް، ޖަނާޒާ ހިނގަމުންދާއިރު އަޑުގަދަކުރުމާއި، ދުން ނުވަތަ އަލިފާން ހިފައިގެން މައްޔިތާއާ އެކު ދިޔުމަކީ އެކަންކަން ކުރުން ނަހީވެގެންވާ ކަމުގެ މައްޗަށް ބައެއް އަޘަރުތައް ވާރިދުވެފައިވާ ކަންކަމެވެ.

އެގޮތުން މައްޔިތާ ގެންދާއިރު، އަޑުހަރުކޮށް ޛިކްރުތައް ކިޔުމާއި، ފާޑުފާޑުގެ ބަނދިވަރުތައް ކިޔުމަކީވެސް ނަހީވެގެންވާ ކަމެކެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން، ޖަނާޒާގައި އަޑު އުފުލާމެދު ނުރުހުންތެރިވެވަޑައިގަންނަވާ ކަމުގައިވެއެވެ. އަދި އެއީ އެކަމުގައި ނަޞާރާއިންނާ އެއްގޮތްވުން ހިމެނެއެވެ.

އިމާމު ނަވަވީ ރަޙިމަހުﷲ އަލްމަޖްމޫޢުގައި ވިދާޅުވެފައި ވެއެވެ. “ދަންނާށެވެ. މިކަމުގައި ޞައްޙަ ގޮތަކީ އަދި ސަލަފުއް ޞާލިޙުން އެގޮތެއްގެ މަތީގައި ތިއްބެވި ގޮތަކީ މައްޔިތާއާއެކު ދާއިރު ވީހާވެސް މަޑުމައިތިރި ކަމާއެކު އަޑުނޫފުލާ ދިޔުމެވެ. އެއްވެސް އެއްޗެއް ކިޔެވުމުން އަދި ޛިކްރު ކުރުމުން އަދި އެހެން ކަމަކުންވެސް އަޑުގަދަ ނުކުރުމެވެ. އެއީ މި ޙާލަތުގައި އެންމެ ރަނގަޅު ގޮތެވެ. ބައެއް ޖާހިލުން ޖަނާޒާގެ ވަގުތުގައި އަޑުއުފުލާ އަޑުގަދަކޮށް ހެދުމަކީ އިޖްމާޢުން ޙަރާމް ވެގެންވާ ކަމެކެވެ.”
އެއްވެސް ޝައްކެއްނެތް ގޮތުގައި މުސްލިމުންގެ ޖަނާޒާ އޮންނަން ޖެހޭނީ އިސްލާމްދީނުގައި ބަޔާންވެފައިވާ ގޮތަށެވެ. އޭގެ ތެރެއަށް އިތުރު ބޭކާރު ކަންތައްތަކެއް ވައްދާ މުންކަރާތްތަކެއް ވައްދާ ހަދައިގެން ނުވާނެއެވެ. އެގޮތުން ޖަނާޒާގެ ތެރޭގައި މިއުޒިކު ސާމާނު ބޭނުން ކުރުމާއި ބަޑިޖެހުން ފަދަ ކަންކަމަކީ އެކަންކަމަށް އިންކާރު ކުރަންޖެހޭ ކަންތައްތަކެވެ. އެއީ ހުއްދަ ކަންތައްތަކެއް ނޫނެވެ. ޖަނާޒާގައި އެކަންކަން ކުރުމީ ބިދުޢައެވެ.

މިއީ ޣަރިރު މުސްލިމުން ނަކަލު ކުރުމުގެ ގޮތުން ކުރާ މުންކަރާތުގެ ޢަމަލެކެވެ. އިސްލާމީ މުޖްތަމަޢުތަކުން ފުހެލަން ޖެހޭ ނުބައި އާދައެކެވެ. އިސްލާމްދީނުގައި ބޮޑުންނާއި، ރައީސުންނާއި، ވަޒީރުންނާއި، ޢާއްމު ފަރުދުންގެ ޖަނާޒާގެ ކަންތައްތަކުގައި އެއްވެސް ފަރަޤެއް ނުހުރެއެވެ. އަދި އެފަދަ ކަންކަމަކީ އެފަދަ ކަންކަން ކުރުމުގެ ސަބަބުން މައްޔިތާއަށް އެއްވެސް ފައިދާއެއް، ހެޔޮކަމެއް ލިބޭ ކަމެއް ނޫނެވެ. އެކަން ކުރާ ބަޔެއްގެ ފަތުގައި މުންކަރާތް ތަކެއް ލިޔެވުން ނޫން ކަމެއް އޭގެން ނުވެއެވެ.

 

މަރްޖިޢު
رفع الصوت بالذكر وإطلاق الرصاص أثناء الجنازة بدعة من موقع إسلام وب

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add