ސިންގަޕޫރު ގައި ވޭޕް ކުރުމަކީ މަސްތުވާތަކެތި ބޭނުންކުރުމާ އެއްވަރުގެ ކުށަކަށް ހައްދަވަން މަސައްކަތްކުރާ ކަމަށް އެ ގައުމުގެ ބޮދުވަޒީރު ލައުރެން ވޮންގ ވިދާޅުވެއްޖެ އެވެ.
2018 އިން ފެށިގެން ސިންގަޕޫރުގައި ވޭޕް މަނާކޮށްފައިވާއިރު އެ ޤައުމުގެ ޤާނޫނުތަކުގެ ދަށުން ވޭޕް ގެންގުޅޭ ފަރާތްތަކާއި، ބޭނުންކުރާ ފަރާތްތައް 2،000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
އެ ގައުމުގެ މިނިވަން ދުވަހު ބޮޑުވަޒީރު ވޮންގ ވިދާޅުވީ ވޭޕް ބޭނުންކުރާ ފަރާތްތައް ހަމައެކަނި ޖޫރިމަނާ ކުރާގޮތައް އަދަބު ކަނޑައަޅާފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، އެއަށްވުރެ ބޮޑެތި އަދަބުތައް ދޭންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ކަމަށެވެ. އެގޮތުން ވޭޕް ކުރުމަކީ ޑްރަގް މައްސަލަތަކާ އެއްވަރުގެ މައްސަލައެއްގެ ގޮތުގައި އަދަބު ކަނޑައެޅުމަށް ވިސްނަމުންދާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.




