އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް މަނާކުރުމާ ކެބިނެޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓަރ ޑރ ޒުލްކެފްލައި ވިދާޅުވެއްޖެއެވެ.
އެ ގައުމުގެ ހެލްތު މިނިސްޓަރ ވިދާާޅުވީ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާއި ގުޅޭ މާހިރުންގެ ކޮމެޓީން އެކުލަވާލައި ރިކޮމެންޑޭޝަންތައް ދިރާސާކޮށް އެ ކޮމެޓީގެ ނިމުމުން ހެލްތު މިނިސްޓްރީއިން ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޑރ ޒުލްކެފް ވިދާޅުވީ އެ ގައުމުން އޮތީ ވޭޕް މަނާކުރުމަށް ތައްޔާރަށް ކަމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބާވަތްތައް ކޮންޓްރޯލް ކުރުމުގެ ގާނޫނު 2024 އަށް އަމަލުކުރަން ފެށުމުން މިހާރުވެސް ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާ ކަމަށެވެ.
ހެލްތު މިނިސްޓްރީންބުނެފައިވަނީ 2024 ގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވޭޕްގެ 6،824 ޕްރޮޑަކްޓް ވޭރިއަންޓް ވިއްކަމުން ދިޔަ ކަމަށާއި އަދި 3،200 ބްރޭންޑެއް ހުރިކަން ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން މިހާރު ހުރީ 2،794 ޕްރޮޓަކްޓް ކަމަށެވެ.
އެހެންކަމުން ބާކީ ހުރި 40.9 އިންސައްތަ އެ ގާނުނޫ ހަރުކަށި ކޮށް ތަންފީޛުކޮށްގެން، ސިނގިރޭޓާއި ވޭޕް ވިއްކުން ހަރުދަނާގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.




