ގިނަ ދުވަސް ތަކަކަށް ފަހު ވޯލްޑް ރިކޯޑް ބޭންޑްގެ ތަފާތު ހިތްގައިމު ލޯބީގެ އަސަރުގަދަ ލަވައެއް އަނެއްކާވެސް ދޫކޮށްލައިފިއެވެ.
އެ ބޭންޑުން ބުނީ، މި ފަހަރު ދޫކޮށްލި ”ޔަގީނޭ ދެން ނުދާނޭ“ މި ލަވަ އަކީ މަޑުމައިތިރި ލޯބީގެ ލަވަތަކަށް ޝައުގުވެރިވާ ފަރާތް ތަކަށް އެބޭންޑުން ދިން ހާއްސަ ހަދިޔާއެއް ކަމަށެވެ.
މި ލަވައަކީ ލޭބަލްގެ އާޓިސްޓެއް ކަމަށްވާ އިޝާންޓެ އަދި ސައިފް ހިމެނޭހެން ސިމްބޮލިކް ރިކޯޑް ގެ މަޝްހޫރު ރެޕް އާޓިސްޓް ޓޯއީގެ އަސަރުން ފުރިގެންދާ ލަވައެކެވެ. މި ލަވައަކީ ވޯލްޑް ރިކޯޑްބޭންޑް ގެ އާޓިސް އިޝާންޓެ ގެ ފުރަތަމަ ލަވަވެސްމެއެެވެ. މި ލަވައިގެ ޅެން ތައްޔާރު ކޮށްފައި ވަނީ ވެސް މި ތިން އާޓިސްޓުންނެވެ.
މީގެއިތުރުން ކުރިއަށް އޮތްތަނުގައި އެހުންތެރިންނާއި ބެލުންތެރިންނަށް ކަމުދާނެ އަސަރުގަދަ ތަފާތު ލަވަތަކެއް ނެރުމަށް ތައްޔާއްރުވަމުންދާ ކަމަށް ވެސް ވޯލްޑް ރިކޯޑް އިން ވަނީ ބުނެފައެެވެ.
އެ ބޭންޑުން މިހާރު ނެރުމަށް ތައްޔާރުވަމުންދާ ލަވަތަކުގެ ތެރޭގައި އެބޭންޑްގެ އާޓިސްޓުން ކަމަށްވާ ހިޕޯ، އިޝާންޓެ، ސާޖިދް، ސައިފް ގެ އިތުރުން މާނުގެ އަޑު ވެސް ހިމެނޭހެން ތަފާތު ވީޑިއޯ ލަވަތަށްވެސް ހިމެނެވެ.
އެ ބޭންޑުން ބުނީ، މި ލަވަތަކަކީ، ރެޕް އަދި ޒަމާނީ މިއުޒިކް ރާއްޖޭގައި އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ކުރާ މަސައްކަތެއް ކަމަށެވެ.
މި ބޭންޑުން އެންމެ ފަހުން ދޫކޮށްލާފައިވަނީ ސިމްބޮލިކް ރިކޯޑާއެކު ހަދާފައިވާ ”ހަބިބި ލެޓްސް ގޯ ޑުބާއީ“ ކިޔާ ލަވައެކެވެ. އެލަވަޔަށް ޒުވާނުންގެ ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެެވެ. މިހާރުވެސް ޒުވާނުންގެ ތެރޭގައި މި ލަވަ އަކީ މަޝްހޫރު ލަވައެއް ކަން ފާހަގަ ކޮށްލެވެއެވެ.




