ކަސްރަތައް ހިނގުމުގައި ރަނގަޅީ ސްޓެޕްސް ހަމަކުރުންތަ ނުވަތަ ވަގުތު ހަމަކުރުންތަ؟

ދާދިފަހުން ބްރިގްހޭމް އެންޑް ވިމެނެސް ހޮސްޕިޓަލުން ހާމަކޮސްފައިވާ ދިރާސާއެއްގައި ބުނަނީ ކަސްްރަތައް ހިނގުމުގައި ސްޓެޕްސް ހަމަކުރުންވެސް އަދި ވަގުތު ހަމަކުރުމުންވެސް ކަޝްރަތުގެ ލަނޑުދަނޑި ހާސިލް ކުރުމަށް އެއްވަރަކަށް އެހީތެރިވެދޭ ކަމަށެވެ.

ޖާމާ އިންޓާނަލް މެޑިސިންގ ގައި ޕަބްލިޝް ކޮށްފައިވާ މި ދިސާ ގައި ބުނެފައިވަނީ ކސްްރަތައް ހިނާ މީހުން އެމީހުންގެ ގޯލް އެޗީވް ކުރުމަށް ސްޓެޕްސް ގެ އަދަދު ކަނޑައެޅިކަމުގައިވިޔަސް ނުވަތަ ވހިނގާނެ ވަގުތުގެ ދިގުމިން ކަނޑައެޅި ކަމުގައިވިޔަސް ނަތީޖާ އަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.

އެގޮތުން 14 ހާސް މީހުން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކުން ދެއްކީ ކސްްރަތައް ހިގުމުގައި ސްޓެޕްސް ހަމަކުރުމުންވެސް އަދި ވަގުތު ހަމަވަންދެން ހިނގުމުންވެސް އެއްވަރެއްގެ ފައިދާ ހަށަިގަނޑަށް ލިބި ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމަށެވެ.

ހެލިފެލިވެ އުޅުން ނުވަތަ ހިނގުންފަދަ ކަންކަމަކީ ދާއިމީ ބަލިތަކާއި އިންފެކްޝަންސް ތަކާ ދުރުކށްްދީ ދުޅަހެޔޮ ސިއްހަތެއް ލިބުމަށް މަގުފަހިވާ ކަމެކެވެ. އެ ގޮތުން ބޮޑެތި މީހުން ހަރަކާތްތެރި ދުޅަހެޔޮ މީހެއްގެ ގޮތުގައި ހުރުމަށް ހަފްތާއަކު 150 މިނެޓް އާދައިގެ ވަރަކަށް ހިނގުމާއި ކަޝްރަތުކުރުން ވަރަށް މުހިންމު އެވެ. މީގެ އިތުރުން ހަފްތާއަކު 75 މިނެޓް ވަރުބަލިކަން އިހްސާސްވާ މިންވަރަށް ޖޮގިން ކުރުން ނުވަތަ ކަސްްރަތު ކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަމަށް އެ ދިރާސާގައި ވެއެވެ.

ކަސްްރަތައް ހިނގުމުގައި ސްޓެޕްސް ހަމަކުރުމާއި ވަގުތު ހަމަކުރުމުގެ ތަފާތު ދެނެގަތުމަށް 2011 އިން 2015 އަށް ކުރެވުނު ދިރާސާގައި އެއްވެސް ބޮޑު ބައްޔެއް ނެތް ދުޅަހެޔޮ 14،399 އަންހެނުން ބޭނުންކޮސްފައިވާއިރު އޭގެ ތެރެއިން 62 އަހަރުން މަތީގެ އަންހެނުން ޑިވައިސް ތަކެއް ބޭނުންކޮށްގެން 2022 ވަނަ އަހަރަ ހަމައަށް އެ މީހުންގެ ސިއްހަތު މޮނިޓަރ ކޮށްފައި ވެއެވެ.

އެގޮތުން މި ދިރާސާއިން އެނގުނީ އެވްރެޖްކޮށް އެމީހުން ހަފްތާއަކު 62 މިނެޓް ހަރަކާތްތެރިކޮށް އުޅޭ ކަމަށާއި އެ ވަގުތުތަކުގައި ޖުމްލަ 5،183 ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މި ދިރާސާގެ 9 އަހަރުގެ ތެރޭގައި އެ މީހުންގެ ތެރެއިން 9 އިންސައްތަ މީހުން މަރުވެފައިވާ ކަމަށާއި، 4 އިންސައްތަ މީހުން ހިތުގެ ބަލިތަކަށް ހުށަހެޅިފައިވާ ކަމަށްވެސް އެ ދިރާއިން ހާމަވި އެވެ. ނަމަވެސް މި މީހުންގެ ތެރެއިން އެންމެ ބޮޑަށް ހަރަކާތްތެރިކޮށްް އުޅެފައިވާ 30 އާއި 40 އިންސައްތަ އާއި ދެމެދުގެ މީހުންނަކީ ދިރާސާގެ މުއްދަތުގައި ދުޅަހެޔޮ ކޮށް ފެނިފައިވާ މީހުންނެވެ.

އަދި މި ދިރާއިން ހާމަވީ އެއްކަމަކީ އުމުރުން 20 އަހަރުން ދަށާއި 80 އަހަރުން މަތީގެ މީހުން 3ޮ މިނެޓް އާދައިގެ ވަރަކަށް ހިނގާލޫމުންވެސް ހަށިގަނޑަށް ތާޒާކަން ލިބި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިކޮށްްދޭ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *