އަފްގާނިސްތާނަށް 6.0 މެގްނިޓިއުޑް ގެ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އަފްގާނިސްތާންގެ ޖަލާލުއަބާދު ސަރަހައްދަށް ރޭ މެންމަދު ރިކްޓާ މިންގަނޑުން 6.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މިހާތަނަށް 500 މީހަކު މަރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮސްފައިވާއިރު، ޒަހަމްވެގެން 1000 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.
ނަންގަރްހާރު ޕްރޮވިންސްގެ ކޮމިއުނިކޭޝަން އޮފިޝަލް ސިއްދީގުالله ޤުރައިޝީ ބަދްލޫން ވިދާޅުވެފައިވަނީ މި ބިންހެލުމުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ކުނާރުގައި ކަމަށާއި 9 މީހަކު މަރުވެފައިވަނީ ނަންގަރްހާރުގައި ކަމަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ 200،000 އާ ގާތްކުރާ އާބާދީއެއް އޮންނަ ޖަލާލާބާދުގެ އިރު އުތުރުން ގާތްގަނޑަކަށް 27 ކިލޯމީޓަރު ދުރުންނެވެ. އޭގެ ފަހުން މަދުވެގެން ތިން އާފްޓާޝޮކް އައިސްފައިވެއެވެ.
މި ބިންހެލުމުގެ އަސަރު ޕާކިސްްތާންގެ ވެރިރަށް، އިސްލާމް އާބާދަށް ވެސް ކުރި ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.




