އަލަށް ފަށާ 3 ވިޔަފާރިއަކަށް އަނބުރާ ދައްކަންނުޖެހޭ ގޮތަށް ދޫކުރާ 500،000 ރުފިޔާގެ ސްޓާޓްއަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފި އެވެ.
ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓަކީ އަލަށް ފަށާ އަދި 1 އަހަރު ނުވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން އެފަރާތްތަކުން މި ގްރާންޓަށް އެދުމުގެ ފުރުސަތު ސެޕްޓެމްބަރ 7 ވަނަ ދުވަހުގެ ހަވީރު 4 ޖެހުމާއި ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެ ބޭންކުން ބުނެއެވެ.
Looking to start or grow your business?
BML Startup Grant is open for applications for this year!
✨ THREE emerging entrepreneurs have the chance to win MVR 500,000
View details: https://t.co/dpwXJfU3k7 pic.twitter.com/ZwncWtAnB9
— Bank of Maldives (@bankofmaldives) August 31, 2025
މި ގްރާންޓަށް އެދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށާއި ރަޖިސްޓްރީކުރި ފަހުން އެއް އަހަރު ވެފައި ނުވާ ވިޔަފާރިތަކަށް ހުޅުވާލާފައިވާވާއިރު، ބީއެމްއެލުން ބުނީ ކޮންމެ ދާއިރާއަކުންވެސް ގްރާންޓަށް އެދެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އަދ މި ގްރާންޓް ލިބުމަށް ހޮވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްސަ އިވެލުއޭޝަން ކޮމެޓީއަކުން ކަމަށްވެސް އެ ބޭންކުން ބުނެއެވެ.