ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ނޭޕާލްގައި ރަޖިސްޓްރީ ވާން ދިން ފުރުތުގައި ރަޖިސްޓްރީ ވެފައިނުވާތީ އެކްސް އާއި ފޭސްބުކް އަދި ޔޫޓިއުބް ބޮލޮކް ކުރާނެކަމަށް ނޭޕާލުން ބުނެފި އެވެ.
ފޭކު އައިޑީތައް ބޭނުންކޮށްގެން ނަފްރަތު އުފެއްދުމާއި ސައިބާ ކްރައިމްގެ ކުށްތަކަށް އަރައިގަތުމުގެ އަމަލުތަކާއި މުޖުތަމައުގެ ތެރޭގައި އޮންނަ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށްބުނެ، ނޭޕާލްގެ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އެގައުމުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކުރަން އަންގާފައެވެ.
އެގޮތުން ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތު މި މަހުގެ 3 ވަނަ ދުވަހުގެ ނިއަލަށް ހަމަވެފައިވާއިރު އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ކުންފުނިތަކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް އެގައުމުގައި ބްލޮކް ކުރަން ނޭޕާލްގެ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ. އެކަމާ ގުޅޭގޮތުން ނޭ ޕާލްގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ރޮއިޓާސް މައުލޫމާތު ދެއްވި ގިޮތުގައި، ރަޖިސްޓްރީކުރަން ދިން މުއްދަތުގައި ޓިކްޓޮކް އާއި ވައިބާ ފަދަ ތަންތަނުން ވަނީ ރަޖިސްޓްރޭޝަން ފުރިހަމަކޮށްފަ އެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކް އާއި އެކްސް ގެ އިތުރުން ޔޫޓިއުބް ވެސް ހިމެނޭކަމަށް އޮފިޝަލް މައުލޫމާތު ދީފައިވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނޭޕާލުގެ 90 އިންސައްތަ މީހުން އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުންކުރެއެވެ.




