ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް އަނުތިން ޗާންވިރަކުލް ހޮވިވަޑައިގެންފިއެވެ.
ތައިލެންޑްގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޕެޓޮންގްޓާން ޝިނަވަތުރާ، މިދިޔަ ހަފްތާއި އެގައުމުގެ ސްޕްރީމް ކޯޓުގެ ނިންމެވެމުކާ ގުޅިގެން ބޮޑުވަޒީރު ކަމުގެ މަޤާމުން ވަކިވެވަޑައިގަތުމާ ގުޅިގެން އާ ބޮޑުވަޒީރަކު ހޮވުމަށް ޤާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓުން އެ މަޖިލީހުގެ 492 މެމްބަރުންގެ ތެރެއިން 311 ވޯޓު ލިބި ލެއްވުމާ ގުޅިގެން އަނުތިން ޗާންވިރަކުލް ވަނީ ބޮޑުވަޒީރުގެ މަޤާމަށް ހިވިވަޑައިގެންފައެވެ.
ކުރިން ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ޕެޓޮންގްޓާން ޝިނަވަތުރާ، އެ މަޤާމުން ވަކިކުރެއްވީ ކެމްބޯޑިއާގެ ސިޔާސީ އިސް ފަރާތަކާ ކުރެއްވެވި ފޯނު ކޯލެއްގެ މައްސަލާގައި އެ ގައުމުގެ ސްޕްރީމް ކޯޓުންނެވެ.
ޕެޓޮންގްޓާން ޝިނަވަތުރާގެ ފިއު ތައި ޕާޓީން ހިންގަމުންދިޔަ ގުޅިފައިވާ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮތުމަށްފަހު ޗާންވިރަކުލްގެ ޕާޓީ އެ އިއްތިޙާދުން ވަކިވެފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.




