ޖަޕާންގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ގައި އެ ގައުމުގެ ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގެންނެވި އިޝިބާ އިސްތިއުފާ ދެއްވަން ނިންމަވާފައި މިވަނީ އެންމެ ފަހުން ބޭއްވި ގިނަ އިންތިހާބުތަކުން ވެރިކަން ކުރާ ޕާޓީ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ޖަޕާންގެ ވެރިކަންކުރާތާ 70 އަހަރުވެފައިވާ މި ޕާޓީއަށް ބޮޑުވަޒީރު ޝިގެރޫ ގެ ލީޑަރޝިޕްގެ ދަށުން ކުރިމަތިލާން ޖެހުނު ބޮޑެ ނާކާމިޔާބީތަކުގެ ތެރޭގައި، ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށާއި މަތިގޭގެ އިންތިހާބު ފާހަގަކޮށްލެވެއެވެ.
އެގޮތުން ތިރީގެއަށް މެންބަރުން ހޮވަން ބޭއްވި އިންތިޚާބުގައި، އެ ޕާޓީއަށް ފާއިތުވި 15 އަހަރުގެ ތެރޭގައި އަލަށް އަޣުލަބިއްޔަތު ގެއްލުނު އިރު، މިދިޔަ ޖުލައި މަހު، ބޭއްވި މަތީގޭގެ އިންތިޚާބުގައި އެ ޕާޓީ އަށް ވަނީ ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފައެވެ.




