ދުޅަހެޔޮ ކަމަށްޓަކައި ކޮންމެ ދުވަހަކު ވެސް ބޯންވީ ލުނބޯފެން!

އެމެރިކާގެ އެގްރިކަލްޗަރ ޑިޕާޓްމަންޓްއިން ބުނެފައިވާ ގޮތުގައި ޑައިމީޓަރުގައި ދެ އިންޗި ހުންނަވަރުގެ އޭޝިޔާ ލުނބޯލެއްގައި އިންސާނެއްގެ ދުޅަހެޔޮ ކަމަށް ކޮންމެހެން ބޭނުންވާ މުހިއްމު ބައިތަކެއް ހިމެނެއެވެ. އެވަރުގެ ލުނބޮއެއްގައި 20 ކެލޮރީސް ހުންނައިރު، 22 މިލިގްރާމުގެ ކެލްސިއަމް ހުރެއެވެ. 12 މިލިގްރާމުގެ ފޮސްފޮރަސްއާއ 68 މިލިގްރާމުގެ ޕޮޓޭސިއަމާއި 19.5 މިލިގްރާމުގެ ވިޓަމިންސީ ހުރެއެވެ. އިންސާނެއްގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިންސީގެ 25 ޕަސެންޓް، ހިމެނެއެވެ. އެހެންވެ، ނިއުޓްރިޝަންގެ ތަޖުރިބާކާރުން އިރުޝާދު ދެއްވަނީ ގިނަގިނައިން ލުނބޯ ފެން ބުއިމަށެވެ. އޭރުން ހަށިގަނޑަށް ބޭނުންވާ ފެނާއެކު މުހިއްމު އެތައް ފައިދާއެއް ލިބިގެންދެއެވެ.

ލުނބޯ ފެނުގެ ސަބަބުން ހަޖަމުގެ ނިޒާމުގެ މަސައްކަތްތައް ހަލުވިކޮށްދީ، ފަސޭހައިން ހަމަޖުކުރުމަށް އެހީވެދެއެވެ. އަދި ހަށިގަނޑުގައި ޖަހާފައިވާ ސަރުބީތައް ވިރުވާލަދެއެވެ.

ކޮންމެ ދުވަހަކު ހެނދުނު ލުނބޯފެން ތައްޓެއް ބޯން އާދަކުރާށެވެ. މިއީ ބައެއް ބާވަތުގެ ކެންސަރުން މީހާ ސަލާމަތްކޮށްދޭނެ ކަމެއް ކަމަށް ވަރަށް ގިނަ ދިރާސާތަކުން ވަނީ ދައްކާފައެވެ.

ލުނބޯ ފެން ބޯން އާދަކޮށްފިނަމަ ހަންގަނޑުގެ ޒުވާންކަން ދަމަހައްޓައިދިނުމުގެ އިތުރުން، ދިފާޢީ ނިޒާމު ވަރުގަދަކޮށްދެއެވެ.

ހިކެން ބޭނުންވޭ ހެއްޔެވެ؟ ލުނބޯ ފެނަކީ އެންމެ ބަރާބަރު ބުއިމެވެ. އަދި ހިތުގެ ބަލީގެ ނުރައްކާ ކުޑަކޮށްދެއެވެ. ބްލަޑް ޝުގާ ދަށްކުރެއެވެ. އަދި އަނގަޔާއި ނޭވާލުމުގެ ނިޒާމަށް ދުއްތުރާކުރާ ސްޓެޕްޓޮކޮކަސް ބެކްޓީރިއާ ގިނަވިޔަ ނުދީ ހިފަހައްޓައި ދިނުމުގައި ވެސް ލުނބޯ ފެން ވަރަށް ބޮޑަށް އެހީވެދެއެވެ. ކިޑްނީ ހިލައިން ރައްކާތެރިވުމަށްޓަކައިވެސް މިއީ ވަރަށް ފުރިހަމަ ގުދުރަތީ ބުއިމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *