އަންނަ އަހަރުގެ ފެބްރުއަރީ މަހުންފެށިގެން ބީއެމްއެލްގެ ކްރެޑިޓް ކާޑު ތަކުގެ ޑޮލަރު ލިމިޓް މަތިކުރާނެ: ރައީސް

އަންނަ އަހަރުގެ ފެބްރުއަރީ މަހުންފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްލެސިކް ކާޑު ތަކުގެ ޑޮލަރު ލިމިޓް މަތިކުރަން ނިންމައިފި އެވެ.

އަންނަ އަހަރުގެ ފެބުރުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑްތަކުގެ ލިމިޓް މަތިކުރަން ނިންމާފައިވާ ކަން ހާމަކޮސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވީ، ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ބޮޑުކުރަން ނިންމާފައިވާ ކަމަށެވޗެ.

އަދި މީގެ އިތުރުން ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ބޮޑުކުރުމަށާއި، ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ހަމަ އެ ތާރީހުންފެށިގެން ބޮޑު ކުރެވިގެންދާނެ ކަމަށްވެސް ރައީސގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.ް

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *