މާލެ ސަރަހައްދުގައި ޓްރަމްޕްގެ ރިސޯޓެއް ހަދަނީ

މާލެ ސަރަހައްދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލަގްޒަރީ ރިސޯޓެއް ހަދަން ނިންމައިފި އެވެ.

ޓްރަމްޕް އޯގަނައިޒޭޝަނުން ރާޢްޖޭގައި ތަރައްގީކުރަން ނިންމާފައިވާ މި ރިސޯޓަކީ ސައުދީ އަރަބިއްޔާގެ ބިޒްނަސް ޕާޓްނަރަކާ ބައިވެރިވެން ހަދަން ނިންމާފައިވާ ލަގްޒްރީ ރިސޯޓެއްކަމަށް ބްލޫމްބާގުގެ ރިޕޯޓެއްގައި އިއްޔެ ވަނީ ބުނެފައެވެ.

"ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް"ގެ ނަމުގައި ތަރައްގީކުރާ އެ ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ-ލަގްޒަރީ ބީޗް ވިލާ އާއި ވޯޓާ ވިލާ ހުންނާނެ ކަމަށް އެރިޕޯޓްގައި ބުނެފައިވާއިރު، އެ ރިސޯޓުގެ މަސައްކަތް ކުރާނީ އިނގިރޭސިވިލާތުގައި ލިސްޓުކޮށްފައިވާ ރިއަލް-އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ދާރް ގްލޯބަލް ޕީއެލްސީން ކަމަށްވެސް ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by The Trump Organization (@trump)

އަދި އެ ރިސޯޓް ހެދުމުގެ ޕްރޮޖެކްޓް "ޓޯކަނައިޒްކުރުމަށް" ނުވަތަ ކްރިޕްޓޯ އަދި ބްލޮކްޗެއިން އިންވެސްޓަރުންނަށް ހާއްސަކޮށް އެ ޕްރޮޖެކްޓުގައި ބައިވެރިވެވޭ ގޮތަށް ހަދަން ރާވާފައިވާކަމަށްވެސް ބުނެފައި ވެއެވެ. މި ރިސޯޓު ނިންމައި ހުޅުވަން ނިންމާފައި ވަނީ 2028 ގެ ފަހު ކޮޅު އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *