Advertisement
BML Home 2nd Ad

އަންނަ އަހަރުގެ ބަޖެޓުން ކިނބިދޫ ދާއިރާގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް އެއްވެސް ދަތިކަމެއްނެތި ފުރުޞަތު ލިބިގެންދާނެ: އެމްޕީ އަޝްރަޤް

އަންނަ އަހަރުގެ ބަޖެޓުން ކިނބިދޫ ދާއިރާގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް އެއްވެސް ދަތިކަމެއްނެތި ފުރުޞަތު ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަޤް ވިދާޅުވެއްޖެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ސަރުކާރުން އަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން މެމްބަރު އަލީ އަޝްރަޤް ވިދާޅުވީ، ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި، ދުރުރާސްތާގެ މާލީ އަދި އިޤްތިސާދީ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ޙާޞލުކުރުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ތަރައްޤީއެއް ހޯދުމަށްޓަކައި، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި މުހިންމު މާލީ އަދި އިޤްތިސާދީ އަމާޒުތަކެއް ކަނޑައަޅާފައިވާކަން މެމްބަރު ފާހަގަކުރެއްވިއެވެ. އަދި މި އަމާޒުތަކަކީ، ޤައުމުގެ މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ބުރަ ކުޑަކޮށް ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަން ދިނުމުގެ ތަފާތު ދިމާތަކަށް އަމާޒުކޮށްފައިވާ ކަންކަން ކަމަށް އަޝްރަޤް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކަށް ފާހަގަކުރެވެނީ ޖީޑީޕީގެ ނިސްބަތުން އޯވަރޯލް ބެލެންސް 5 އިންސައްތައަށް ދަށްކުރުމުގެ އަމާޒު. މިއީ ސަރުކާރުގެ އާމްދަނީއާއި ޚަރަދާ ދެމެދުގައިވާ ފަރަޤު ކުޑަކުރުމަށްޓަކައި ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިއެއް. ދެވަނައަށް މުހިންމު އަމާޒަކީ ޖީޑީޕީގެ ނިސްބަތުން ސީދާ ދަރަނި 117 އިންސައްތައަށް ކުޑަކުރުން. ދަރަނީގެ ބުރަ ބޮޑުވުމަކީ ޤައުމުގެ ތަރައްޤީއަށް ހުރަސްއަޅާ، އަދި އަންނަން ހުރި ޖީލުތަކަށް ބޮޑު ބުރައަކަށްވާނެ ކަމެއް. މި އަމާޒު ހާސިލް ވުމުން ދައުލަތުގެ މާލީ މިނިވަންކަން އިތުރުވެ، ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގުމުގެ ފުރުޞަތު ބޮޑުވެގެންދާނެ." މެމްބަރު އަލީ އަޝްރަޤް ވިދާޅުވިއެވެ.

މީގެއިތުރުން ޖީޑީޕީގެ ނިސްބަތުން ޕީއެސްއައިޕީގެ ޚަަރަދު 7 އިންސައްތައަށް މަތި ނުވާނެހެން ކަނޑައަޅުމަކީވެސް މުހިންމު އަމާޒެއް ކަން އަޝްރަޤް ފާހަގަކުރެއްވިއެވެ. އަދި މި ޚަރަދުތައް ރަނގަޅަށް ބަލަހައްޓައި ކަނޑައަޅާފައިވާ ނިސްބަތުގެ ތެރޭގައި ހިފެހެއްޓުމަކީ މާލީކަންކަން ބެލެހެއްޓުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މިއީ ދައުލަތުގެ ޚަރަދުތައް ހަރުދަނާކޮށް އިސްރާފުކުރުން ހުއްޓުވުމަށް އެޅޭ ބާރުގަދަ ފިޔަވަޅެއް ކަން ފާހަގަ ކުރެއްވިއެވެ.

"އާމްދަނީގެ ނިސްބަތުން އިންޓަރެސްޓްގެ ޚަރަދު 12 އިންސައްތައަށް މަތިނުވާނެހެން ހިފެހެއްޓުމަކީ އަންނަ އަހަރަށް ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިއެއް. ދަރަނީގެ އަސާސްތަކަށް ދައްކަންޖެހޭ އިންޓްރެސްޓް ޚަރަދު ބޮޑުވުމަކީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ދަރަނި ދެއްކުމަށްޓަކައި ހޭދަވާ ކަމެއް. މި ނިސްބަތް ދަށްކުރުމުގެ ސަބަބުން ދައުލަތައް އިތުރު ފައިސާ ލިބި، ތަރައްޤީގެ މަޝްރޫޢުތަކަށާއި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ޚަރަދުކުރުމަށް ފުރުޞަތު ލިބިގެންދާނެ." މެމްބަރު އަޝްރަޤް ވިދާޅުވިއެވެ.

އަޝްރަޤް ވިދާޅުވީ، ޖީޑީޕީގެ ނިސްބަތުން ގެރެންޓީދީފައިވާ ދަރަނި 10 އިންސައްތައަށް ކުޑަކުރުމުގެ އަމާޒަކީވެސް އިޤްތިޞާދު ހަރުދަނާކުރުމަށް ޓަކައި ކޮންމެހެން ހާސިލްކުރަންޖެހޭ ކަމެއްް ކަމަށެވެ. މި ނިސްބަތް ކުޑަކުރުމަކީ މާލީ ރައްކާތެރިކަން އިތުރުކޮށް ދައުލަތަށް ދިމާވެދާނެ ނުރައްކާތައް ކުޑަކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަން އަޝްރަޤް ފާހަގަކުރެއްވިއެވެ.

"މި ހުރިހާ އަމާޒުތަަކަކީވެސް ރާއްޖޭގެ އިޤްތިޞާދު އިތުރަށް އާރާސްތުކޮށް މާލީ ހާލަތު ބައްޓަންކޮށް ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށްޓަކައި ކޮންމެހެން ހާސިލްކުރަން ޖެހޭ ކަންކަން. އަންނަ އަހަރަށް ކަނޑައަޅާފައިވާ މި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ސަރުކާރުގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުންވެސް ހީވާގި މަސައްކަތްތަކެއް ކުރަންޖެހޭނެ. މިކަންކަން ކާމިޔާބު ކުރެވިއްޖެ ނަމަަ ދިވެހިރާއްޖެއަށް އާ އުޖާލާ  މުސްތަޤްބަލެއް ފެނިގެންދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން." މެމްބަރު އަލީ އަޝްރަޤް ވިދާޅުވިއެވެ.

އަޝްރަޤް ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ކިނބިދޫ ދާއިރާގައި ފެށި އަދި ފެށުމަށް ސޮއިކޮށް ހަވާލުކުރި ފަންސަވިހަކަށް މަޝްރޫޢުގެ އިތުރުން މި ދާއިރާގައި ހުއްޓިފައިވާ ބައެއް ޕްރޮޖެކްޓްތައް ނިންމާފައިވާކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން މި ދާއިރާގެ ފަސް ރަށް ކަމަށްވާ، ވަންދޫ، ކަނޑޫދޫ، ހިރިލަންދޫ އޮމަދޫ އަދި ކިނބިދޫގައި ހިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ބަޖެޓްގެ ދަތިކަމެއްނެތި ކުރިއަށް ގެންދެވޭނެ މަގު ފަހިވެފައިވާކަމަށެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add