Advertisement
BML Home 2nd Ad

ކީރިތި ޤުރްއާނުގެ ޗާޕުކޮށްފައިހުންނަ ވަކި ވަކި ފޮތްތައް މިސާލަކަށް ޢަންމާފޮތުގައި އަތްލާއިރު ވުޟޫކޮށްގެންތޯ އަތްލެވޭނީ؟

ސުވާލު: ކީރިތި ޤުރްއާނުގެ ޗާޕުކޮށްފައިހުންނަ ވަކި ވަކި ފޮތްތައް މިސާލަކަށް ޢަންމާފޮތުގައި އަތްލާއިރު ވުޟޫކޮށްގެންތޯ އަތްލެވޭނީ؟ އެފަދަ ފޮތްތަކަށްވެސް އަންނާނީ މުޞްޙަފުގެ ޙުކުމްތޯ؟

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު: الحمد لله والصلاة والسلام على رسول الله.
ވުޟޫނެތް މީހާ މުޞްޙަފުގައި ބީހުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ.
ޖުމްހޫރު ފިޤްހުވެރިންގެ އަރިހުގައި، ޙަދަޘްވެރިވެފައިވާ މީހާ ހުރަހަކާނުލައި މުޞްޙަފުގައި ބީހުމަކީ ހުއްދަކަމެއް ނޫނެވެ. އެބޭކަލުންގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޔަމަނުގެ އަހުލުވެރިންނަށް ލިޔުއްވި ސިޓީފުޅުގައި “ألا يَمَسَّ القُرْآنَ إلّا طاهِرٌ”. رَواهُ مالِكٌ (468)، وابْنُ حِبّانَ (793)، وَالبَيْهَقِيُّ والحديث صححه الشيخ الألباني في “إرواء الغليل” (1/158).
(1/87).މާނައީ : ” ޠަހާރަތުގައި ވާ މީހަކު މެނުވީ ޤުރްއާނުގައި ނުބީހުން ހުއްޓެވެ.” މިފަދައިން ޙަދީޘްކުރައްވާފައިވުމެވެ.
ޗާޕުކުރެވިފައިވާ ކީރިތި ޤުރްއާނުގެ ވަކި ވަކި ފޮތްތައް ނުވަތަ ވަކި ވަކި ސޫރަތްތަކަށް ވެސް މިކަމުގައި ހަމަ އަންނަނީ މުޞްޙަފުގެ ޙުކުމެވެ.
އިމާމު ނަވަވީ ރަޙިމަހުﷲ المنهاج ގައި ވިދާޅުވެފައިވެއެވެ. “ޙަދަޘްވެރިޔާގެ މައްޗަށް، ނަމާދުކުރުމާއި ޠަވާފުކުރުމާއި މުޞްޙަފު އުލުމާއި، އޭގެ ގަނޑުތަކުގައި ބީހުމާއި، އޭގެ ބަނޑޭރިގަނޑުގައި ބީހުމާއި، މުޞްޙަފު އޭގައިވާ ފޮއްޓެއްގައި ބީހުމާއި، ކީރިތި ޤުރްއާން އުނގަންނައިދިނުމަށްޓަކައި ލިޔެފައި ހުންނަ ފިލާފަދަ ތަކެތީގައި ބީހުންވެސް، (މަޛްހަބުގެ އެންމެ ޞައްޙަ ބަހުގައި) ޙަރާމްވެގެންވެއެވެ.” “المنهاج”، ص11: ”

މާލިކީ މަޛްހަބުގައި، ކީރިތި ޤުރްއާން އުނގަންނައިދޭ މީހާއާއި އުނގެނޭ މީހާ، ކީރިތި ޤުރްއާން ހިތުދަސްކުރާމީހާ ފަދަ މުޞްޙަފުގައި ބީހުމަށް ގިނައިން ޙާޖަތަށް ޖެހިގެންވާ މީހާ، މުޞްޙަފުގެ ވަކިވަކި ފޮތްތަކުގައްޔާއި، ޤުރްއާން ލިޔެފައިވާ ފިލާތަކުގައްޔާއި، ވުޟޫއާނުލައި މުޞްޙަފުގައި ބީހުން ހުއްދަކުރައްވައެވެ. އެއީ އެފަދަ މީސްމީހުން އަބަދާއި އަބަދު މުޞްޙަފުގައި އަތްލަންޖެހިފައިވުމާއި، މުޞްޙަފުގައި ޢާންމުކޮށް ބީހެންޖެހޭ އެފަދަ މީހުން މުޞްޙަފުގައި އަތްލާ ކޮންމެފަހަރަކު ތަކުރާރުކޮށް ވުޟޫކުރުމުގައި އުފުލަންޖެހޭ ތަކުލީފުގެ ސަބަބުންނެވެ.

ޚުލާޞާއަކީ، މުޞްޙަފުގައި އަތްލުމުގެ ކުރިން ވުޟޫކުރުން އެއީ އެންމެ ރަނގަޅުގޮތެވެ. އަދި ޗާޕުކޮށްފައިހުންނަ ވަކި ވަކި ސޫރަތްތައް ނުވަތަ ކީރިތި ޤުރްއާނުގެ ވަކިވަކި ފޮތްތައްވެސް ހަމަ މިފަދައެވެ. އެކަމަކު، ޤުރްއާން ކިޔަވައިދޭ މީހުންނާއި ޤުރްއާން އުނގެނޭ ދަރިވަރުން ފަދަ ގިނަވަގުތު މުޞްހަފުގައި އަތްލަންޖެހޭ މީހުންނަށް ލުއިފަސޭހަކަން ލިބިގެންވެއެވެ. އެފަދަ މީހުންނަށް ވުޟޫނުކޮށް މުޞްހަފުގައި އަތްލުމުގައި މައްސަލައެއްނެތެވެ. އެއީ އެކަމުގައި އުފުލަންޖެހޭ ތަކުލީފަށްޓަކައެވެ.
ނުވަތަ ދެން އޮތްގޮތަކީ ކީރިތި ޤުރްއާނުގެ ތަރުޖަމާއަކުން ނުވަތަ ތަފްސީރުފޮތަކުން ކިޔެވުމެވެ. އެފަދަ ފޮތެއްގައި އަތްލުމަށްޓަކައި ވުޟޫކުރާކަށް ނުޖެހޭނެއެވެ. އެހެނީ އެފޮތަށް ޙުކުމް އަންނަނީ އެފޮތުގައި ގިނައިންވާ އެއްޗެއްގެ ޙުކުމެވެ. ޤަވާޢިދުގައި ވަނީ
مُعْظَمَ الشَّيْءِ يَقُومُ مَقَامَ كُلِّهِ
އެއްޗެއްގެ ބޮޑުބައި ބެލެވެނީ މުޅިއެއްޗާ އެއްވަރު އެއްޗެއްގެ ގޮތުގައެވެ.
The majority of something is treated as equivalent to the whole

والله أعلم

މަރްޖިޢުތައް

https://islamqa.info/ar/answers/311712

 

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add