Advertisement
BML Home 2nd Ad

މި 5 އަހަރުގެ ނަތީޖާ ވޭތުވެދިޔަ 5 އަހަރުގެ ނަތީޖާއަށް ވުރެ ކުޅުދުފުއްޓަށް މާ ބޮޑަށްވެސް ރަނގަޅުވާނެ: ކައުންސިލަރު އިބްރާހިމް

މި ފަސް އަހަރުގެ ނަތީޖާ ވޭތުވެދިޔަ ފަސް އަހަރުގެ ނަތީޖާއަށް ވުރެ ކުޅުދުފުއްޓަށް މާ ބޮޑަށްވެސް ރަނގަޅުވާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް މެމްބަރު އިބްރާހިމް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ސަރުކާރަށް 2 އަހަރު ފުރުމާ ދިމާކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުﷲ ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުން ކައުންސިލްގައި ހިމެނޭ ޕީއެންސީގެ މެމްބަރު އިބްރާހިމް އަހުމަދު ވިދާޅުވީ، ޤައުމު ދަރަނިވެރިވުމުން ސަލާމަތްކޮށް، ޤައުމުގައި ހުރި ގިނަ ދުވަސްވީ އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް، ރަނގަޅު ޖީލެއް ބިނާކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. އަދި އެކަމުގެ ފޮނިމީރުކަންވެސް ލިބިގެންދާނެކަމަށާއި މި ފަސް އަހަރުގެ ނަތީޖާ ވޭތުވެދިޔަ ފަސް އަހަރުގެ ނަތީޖާއަށް ވުރެ މާ ބޮޑަށްވެސް ރަނގަޅުވާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުﷲ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ސަރުކާރަށް 2 އަހަރު ވީއިރު 110 ބިލިއަން ރުފިޔާ ހުސްކޮށްފި ކަމަށާއި ކުޅުދުއްފުއްޓަށް މި 2 އަހަރަކީ ގެއްލުން ބޮޑު 2 އަހަރު ކަމަށެވެ. މިގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއު ހުއްޓާލާފައިވާކަން ޑެޕިއުޓީ މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިކަމަށް ރައްދުދެއްވައި އިބްރާހިމް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން ފައިބައިގެން ދިޔައީ މުޅި ޤައުމު ދަރުވާލާއި ބަނގުރޫޓްކޮށްލާފައިކަމަށާއި، އެރަށުގައި ފެށި 400 ހައުސިން ޔުނިޓް ކުރިއަށް ނުދިއުމުގައި މި ކައުންސިލްގެ އިހްމާލު އެބައޮތް ކަމަށެވެ.

"ހައުސިންއޭ ކިޔާ ވާހަކަދައްކާއިރު ހައުސިންގައިވެސް ހިނގަމުން މި އަންނަ ކައުންސިލުން އޮތީ ގޯސް ހަދާފައި.. 400 ހައުސިން ޔުނިޓް ކުރިއަށް ނުދިއުމުގައި މި ކައުންސިލްގެ އިހްމާލު އެބައޮތް.. ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އަޅައޭ ބުނާއިރު ވޯކް ޕްލޭންގައި ހިމެނިފައިވާ މަސައްކަތްތައް އެބަ ކުރެވޭ.. ވޯކް ޕްލެޭން ރަނގަޅަށް ހެދުން ވެސް ވަރަށް މުހިންމު." އިބްރާހިމްގެ ޕޯސްޓްގައިވެއެވެ.

އިރުވަރު ނޫހަށް މައުލޫމާތުދެއްވަމުން ކައުންސިލަރު އިބްރާހިމް ވިދާޅުވީ، ހައުސިން ޔުނިޓްތައް ނުނިމުނީ އޭރުގެ ސަރުކާރުން މިފަދަ ބޮޑު އަދި މުހިންމު ޕްރޮޖެކްޓެއް ހިންގުމަށް ފޫގަޅާފައި ތިއްބާ ޤާބިލިއްޔަތުކަން ނެތް ކުންފުންޏަކަށް ޕްރޮޖެކްޓް ހަވާލުކުރަން ލަފާދިނުން ކަމަށެވެ.

"ދެވަނަ ގޯހަކީ ޕްރޮގުރެސް ނުފެންނައިރުވެސް ފިނޭންސް މިނިސްޓްރީއިން ލާރި ދޫކުރަމުން ދިޔަ ދިޔުން ހުއްޓުވަން މަސައްކަތެއް ނުކުރެވޭތާ 120 މިލިއަނާ ގާތަށް ފައިސާ ހޯދައިދިނުމަށް މަސައްކަތް ކުރެވިފައިހުރުން. މުޅި ޕްރޮޖެކްޓްގެ ތިރީހަކަށް އިންސައްތަ ކޮންޓެރެކްޓަރަށް ދޫކުރެވުން އިރު 600 ދުވަހުން މަސައްކަތުގެ %7 އާ ހަމައަށް ވެސް މަސައްކަތް ނުނިމުނު. ތިންވަނަ އިހުމާލަކީ މިކަމާ ގުޅިގެން ސައިޓް މޮބިލައިޒޭޝަން ފައިސާ ހޯދުމަށް އިދާރީ ގޮތުން ގެނައި ބޮޑު ބަދަލު. އެވާހަކަ އެހާބޮޑަށް ތަފްސީލުކުރާކަށް ނެތީން (އިދާރީ މުވައްޒަފުންގެ މަސްލަހަތު ހިމެނޭ ކަމެއްވީމާ) ހަތަރު ވަނަ ގޯހަކީ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދާ އިރުވެސް މަސައްކަތް ހުއްޓުވަން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިފައި ނެތުން" ކައުންސިލަރު ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ހައުސިންގ ޔުނިޓްތައް ނިންމަން މިހާރު އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"މިގޮތަށް ކޮންޓްރެކްޓް ކުރެވޭ މަޝްރޫއުތައް ކުރިއަށް ނުދިއުމުން ދެން އަންނަ ސަރުކާރުތަކަށް ކޮންޓްރެކްޓް ބާތިލުކުރުމަކީ ވަގުތު ނަގާ ކަމެއް ކަން އެނގިލައްވާނެ ކަމަށް އަޅުގަނޑު ހީކުރީ. އެހެންނަމަވެސް މީގެ 3 ތިން މަހެއްހާ ދުވަސް ކުރިން މި މަޝްރޫއު ބާތިލުކޮށް މި އަހަރު އޯގަސްޓް ފަހުކޮޅު އެޗްޑީސީއާ ވަނީ ހަވާލުކޮށްފައި. ﷲ ގެ އިރާދަފުޅާއެކު މި ޕްރޮޖެކްޓް ފުރިހަމަކޮށް ކުޅުދުއްފުށީގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނީ އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން.." އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް އަހުމަދަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި ޕީއެންސީ މެމްބަރެވެ. އެ ސިޓީކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add