އިންޑިއާގެ މަރުކަޒީ ބޭންކު ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ގެ ފައިސާ ހިފައިގެން ދަތުރުކުރި ވޭނެއް ހުއްޓުވައި ވައިސާތައް ފޭރިގެންފި އެވެ.
ބެންގަލޫރުގައި މި މަހުގެ 19 ވަނަ ދުވަހު ހިނގި މި ހާދިސާގައި އާރުބީއައި ގެ ވޭން ހުއްޓުވީ އެ ބޭންކުގެ އޮފިޝަލުންތަކެއް ހަމަށް ހެދިގެން ތިބި ބައެއް ކަމަށް ބެންގަލޫރުގެ ޕޮލިސް ކޮމިޝަނަރާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އެގޮތުން އާރުބީއައި ގެ ބްރާންޗަކަށް ފައިސާ ހިފައިގެން ދަތުރުކުރި އެ ވޭން ހުއްޓުވީ ސަރުކާރުގެ ނަންބަރު ޕްލޭޓް ޖަހާފައިވާ އެސްޔޫވީ އެއް އެ ވޭނުގެ ފަހަތުންގޮސް ވޭނުގެ ކުރިމަޢްޗަށް އަރައި އާރުބީއައި އިން ބޭން ޗެކުކުރަން ބޭނުންވެގެން ކަމަށް ބުނެ ވޭނުގައި ތިބި ޑްރައިވަރާއި ފައިސާ އާއި ހަވާލުވެގެންދިޔަ މީހާ އާއި 2 ސެކިއުރިޓީ ގާޑުން ވޭނުން ބާލުވައި އެސްޔޫވީ އަށް އެރުވުމަށްފަހު އެވެ.
މި ހާދިސާގައި ފައިސާ ފޭރުނު މީހުންގެ އަތުގައި ހަތިޔާރު ހުރި ކަމަށްވެސް ބެންގަލޫރުގެ ޕޮލިސް ކޮމިޝަނަރ އާއި ހަވާލާދީ ބުނެފައި ވެއެވެ. އަދި އެ ފައިސާއާއި ވަގުން ހޯދުމަށް ފުލުހުން ފަށާފައިވާ އޮޕްރޭޝަނުގައި ފައިސާ ފޭރުނު މީހުން ދުއްވި އެސްޔޫވީ މިހާރު ފެނިފައިވާކަމަށްވެސް ބުނެފައި ވެއެވެ.




