ހޮންކޮންގުގެ ޓައި ޕޯ ޑިސްޓްރިކްޓްގައި ހުންނަ ވޭންގް ފުކް ޓަވަރުތަކުގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައިފި އެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ގާތްގާތުގައި އިމާރްކޮށްފައިވާ 8 ޓަވަރެއްގެ ތެރެއިން ހަތަރު ޓަވަރެއްގަ އެވެ. 32 ފަންގިފިލާގެ 8 ޓަވަރު ހުންނައިރު، ގާތްގަނޑަކަށް 2،000 އެޕާޓްމަންޓުގައި 4،800 އެއްހާ މީހުން އެ ޓަވަރުތަކުގައި ދިރިއުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ ދުވަސްވީ މީހުން ކަމަށްވެސް ބުނެފައި ވެއެވެ.
މި ހާދިސާގައި 44 މީހުން މަރުވެފައިވާއިރު އިތުރު 45 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެގަމުގެ އަލިފާން ނިވާ މީހުންނާ ހަވާލާދީ ބުނެފައިވާގޮތުން އަދިވެސް ގިނަ ޢަދަދެއްގެ މީހުން އިމާޜާތްތަކުގައި ތާށިވެފައި ތިބިއިރު، އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުންނަށް ވީނުވީއެއް ނޭނގޭ ކަމަށް ވެސް އިދާރާތަކުން ބުނެފައިވެއެވެ.




