މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ދެ މިލިއަން ވަނައަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ބެތަނީ ސޭރާއެވެ. ފުރަތަމަ ފަހަރަށް ރާއްޖެއައި ބެތަނީ ރާއްޖެއައީ އޭނާގެ ފިރިމީހާ އާއިއެކު ހަނީމޫނަށެވެ.
2 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާދެންނެވުމަށް އެއާޕޯޓްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި
ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން އައުމަކީ މި ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތެއްގެ ބުރަ މަސައްކަތާއެކު ހާސިލުކުރެވުނު ކާމިޔާބީއެއްކަމަށެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން މިނިސްޓަރ ތޯރިގް ފާހަގަކުރެއްވިއެވެ.