ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން މާދަމާ އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓު ކޮށްފިއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ 2021 ވަނަ އަހަރުގެ ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުރާސްފަތި ދުވަހުގެ ރޭ ރަޝިޔާގެ ރައީސަށް ހާއްސަ ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވާނެ އެވެ. އަދި ހުކުރު ދުވަހު ޕުޓިންއަށް އިންޑިޔާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންއިން މަރުޙަބާ ދެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެންމެ މުހިންމު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހައިދަރުއާބާދު ހައުސްގައެވެ. އަދި މި މަޝްވަރާތަކުގެ ތެރޭގައި ވިޔަފާރި، އިގްތިސާދީ އަދި ސިއްހީ ދާއިރާ އަދި މީޑިއާގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ އިރު، އިންޑިއާ މީހުންނަށް ރަޝިއާއަށް ދަތުރު ކުރެވޭ މޮބިލިޓީ އެގްރީމެންޓެއްގެ މައްޗަށް ބިނާކޮށް އެ އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށްވެސް އިންޑިޢާގެ ނޫސްތަކުން ބުނެއެވެ.
މީގެ އިތުރުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވާ މެންދުރުގެ ފަރިއްކޮޅެއްގެ ފަރިއްކޮޅެއްގައި ދެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައި، އެ ފަރިއްކޮޅަށްފަހު ޖޮއިންޓް ސްޓޭޓްމަންޓާއި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި، އޭގެ އިތުރުން ދެ ގައުމުގެ ވިޔަފާރިވެރިން ވަކިވަކިން ބައްދަލުވުންތައް ބާއްވާއިރު، ރަޝިއާގެ އިރުމަތީ ސަރަހައްދުތަކުގައި އިންވެސްޓް ކުރަން ބޭނުންވާ އިންޑިއާގެ ކުންފުނިތަކާއި ރަޝިއާގެ ކުންފުނިތަކުން މަޝްވަރާކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.




