ވެލިދުއަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ

މޯލްޑިވިއަނުން ވެލިދުއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަނުން ބުނީ ސީޕްލޭންގެ ފުރަތަމަ ދަތުރު ވެލިދުއަށް ކުރަން ޝެޑިއުލްކޮށްފައިވަނީ އަންނަމަހުގެ 23ވަނަ ދުވަހު ކަމަށެވެ. އެއަށްފަހު ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހު ސީޕްލޭނުގެ ދަތުރުތައް ވެލިދޫ އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ވެލިދޫއަށް ސީޕްލޭން ކުރާ ދަތުރުތަކުގައި ދިވެހިންނަށް ހާއްސަ ފެއާތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. ދިވެހިންނަށް ޓިކެޓް ވިއްކާނެ އަގެއްކަމަށް މޯލްޑިވިއަނުން ކަނޑައަޅާފައިވަނީ ކޮޅަކަށް 999 ރުފިޔާއެވެ.

މޯލްޑިވިއަނުން ވެލިދޫއަށް ދާއީމީކޯށް ސީޕްލޭން ދަތުރުތައް ފަށާނެ ކަން އިއުލާނުކޮސްފައިވަނީ ރައީސް ޑރ މުއިއްޒު އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މީގެ އިތުރުން އަންނަ އަހަރު ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް ވެލިދޫގައި ފެށޭނެކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *