އިންޑީގޯގެ އެތައްހާސް ފްލައިޓެއް ކެންސަލް ކުރަންޖެހުމާ ގުޅިގެން ކައިވެނި ހަފްލާތަކަށް ނުދެވި އޮންލައިންކޮށް ހަފްލާގައި ބައިވެރިވާން ޖެހިއްޖެ އެވެ.
ކަރްނާޓަކާގެ ހުބަލީގައި އަލަށް ކައިވެނި ކުރި ދެމަފިރިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކައިވެނި ކުރި ބެންގަލޫރުގެ ބުބަނޭޝްވަރަން އަށް ދަތުރުކުރަން އޮތް ފްލައިޓް ކެންސަލް ކުރުމުން ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ވާޗުއަލް ކޮންފަރެންސިން މެދުވެރިކޮށް ކައިވެނި ކުރަން ޖެހިފަ އެވެ. މި ކައިވެނިކުރި 2 މީހުންނަކީވެސް އިންޑިގޯގެ ގިނަ ފްލައިޓްތަކެއް ކެންސަލް ކުރުމުގެ ސަބަބުން ވައިގެ ދަތުރުތަކަށް ބުރޫ އަރައި އެއާޕޯޓުތަކުގައި ތާށިވެފައި ތިބި އެތައް ހާސް ފަސިންޖަރުންގެ ތެރޭގައި ހިމެނޭ 2 މީހުންނެވެ.
ބުބަނޭޝްވާރުގެ ސަންގްރާމް ދާސް އާއި ހުބާލީއަށް ނިސްބަތްވާ މޭގާ ކްޝީރަސަގަރް ކައިވެނި ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބަބުނޭޝްވަރުގައި އާއިލާ އާއި ގާތް ރަހުމަތްތެރިންނާ އެކު ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ. އަދި އެ 2 މީހުން ވަނީ ކައިވެނި ހަފްލާއެއް ބާއްވަން ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ކައިވެނި ކުރާ އަންހެން މީހާގެ އުފަން ރަށުގަ އެވެ.
ރިސެޕްޝަން ވެނިއު ފުރިހަމަކޮށް ޒީނަތްތެރިކޮށް ގެސްޓުން އަންނަން ފެށި ނަމަވެސް، ފްލައިޓް ހުއްޓުމަކަށް އައުމުގެ ސަބަބުން އެ ދެމަފިރިންނަށް ގަޑިއަށް އެތަނަށް ނުދެވުނެވެ. ބެންގަލޫރުގައި ދިރިއުޅޭ ސޮފްޓްވެއާ އިންޖިނިއަރުން ކަމަށްވާ ސަންގްރާމް އާއި މޭގާ ވަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހަވީރު ބުބަނޭޝްވަރު-ބެންގަލޫރު-ހުބްލީ ރޫޓުގައި ޓިކެޓް ބުކް ކޮށްފަ އެވެ. ފްލައިޓް އެތައް ގަޑިއިރެއް ވަންދެން ލަސްވެ، ޖެހިގެން އައި ދުވަހުގެ ފަތިހު 4:00 ހާއިރު ފްލައިޓް ކެންސަލް ކުރި އެވެ.
އަންހެން މީހާގެ ބައްޕަ އަނިލް ކްޝީރަސަގަރް ބުނީ ފްލައިޓް ކެންސަލް ކުރިކަން އެނގުމުން ވަގުތުން އެހެން އިންތިޒާމުތަކާ މެދު ވިސްނަން ފެށި ކަމަށެވެ.
އަހަރެންގެ އަންހެން ދަރިފުޅާއި ދަނބިދަރިންނަށް ރިސެޕްޝަނަށް ހާޒިރުވެވޭނެ ގޮތެއް ނެތްކަން އެނގުމުން އަހަންނަށް ޖެހުނީ އެކަމަށް ހައްލެއް ހޯދަން. ޓެކްނޮލޮޖީގެ އެހީގައި ވާޗުއަލްކޮށް އެ އެއްޗެހި ފެންނާނެ ގޮތް ހެދުމަށް އަހަރެން ވިސްނަން ފެށީމެވެ. މި ހިޔާލު އަޅުގަނޑަށް އައީ އެކި ސްޓޭޓްތަކުގައި ހުންނަ ކްލައިންޓުންނާ ގުޅެން އަހަރެން އާންމުކޮށް އޮންލައިން މީޓިންތަކުގައި ބައިވެރިވާތީ،" ކެމިސްޓެއް ކަމަށްވާ އަނިލް ބުންޏެވެ.
އޭގެ ތެރޭގައި ބޮޑު ސްކްރީނާއި ހައި ސްޕީޑް އިންޓަނެޓް ފަދަ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ. އަނިލް ވަނީ އެ ދެމަފިރިން ވާޗުއަލްކޮށް އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ތައްޔާރުވުމަށް އެދިފަ އެވެ. އެ ދެމަފިރިން ވަނީ އެ ރިސެޕްޝަނަށް ހާޒިރު ނުވުމުން މެހެމާނުންގެ ކިބައިން މައާފަށް އެދިފަ އެވެ.




