އަންނަ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
2027 ވަނަ އަހަރުގެ ތައުލީމީ ކަލަންޑަރުގައި ވާގޮތުން އަންނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. އަދި މިއަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުވާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެހެންކަމުން އަންނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށްވެސް ޓެކްސްޓް ފޮތްތައް ހަމައަށް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ސްކޫލްތައް ބަންދުވާ މުއްދަތުގެ ތެރޭގައި އެ ސްކޫލުތަކުގައި ކުރަންހުރި މަރާމާތުގެ މަސައްކަތަކީވެސް އަންނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތަކަކަށްވާތީ އެކަމަށްޓަކައި 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އަދި އަންނައިރު ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަމާޒް ހިފާފައެވެ.




